ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 08:33
ފުލުހުން އޮލިވް ގާޑަން ރެސްޓޯރަންޓަށް ވަދެ މާޖިދު ހައްޔަރުކުރަނީ
ފުލުހުން އޮލިވް ގާޑަން ރެސްޓޯރަންޓަށް ވަދެ މާޖިދު ހައްޔަރުކުރަނީ
ފޭސްބުކް
ކުއްލި ނުރައްކަލުގެ ހާލަތު
މިހާރު ފެންނަނީ ސިޔާސީ ވާދަވެރިން ހުސްވެ، ވިޔަފާރިވެރިން ހައްޔަރުކުރަން އަމާޒު ހިފާފައިވާތަން: ރައީސް ނަޝީދު
ލެކިއުޓް މާޖިދު ދޫކޮށްކުމަށް ގޮވާލެއްވި
މާޖިދު ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެރޭ
ކުއްލި ނުރައްކަލުގެ ތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތުން ފެންނަނީ ސިޔާސީ ވާދަވެރިން ހުސްވެ، ވިޔަފާރިވެރިން ހައްޔަރުކުރަން އަމާޒު ހިފާފައިވާތަން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ހެނދުނު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ހައްޔަރުކުރާނެ އިތުރު ސިޔާސީ ވާދަވެރިއަކު ނެތް ކަމަށް ފެންނަ ކަމަށެވެ. އަދި ވިޔަފާރިވެރިޔާ ޢަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ހައްޔަރުކުރި ކުރުމުން ދޭހަވަނީ މިހާރު ރައީސް ޔާމީންގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ވިޔަފާރިން ހައްޔަރުކުރުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދުގެ ޓްވީޓުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ، މާޖިދު މިވަގުތުން މިވަގުތަށް ދޫކޮށްލަން ޖެހޭ ކަމަށެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖަރުކަން ކޮށްފައިވާ މާޖިދު ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެރޭ އޮލިވް ގާޑަން ރެސްޓޯރަންޓްގައި އެކުވެރިންތަކަކާއިއެކު އޭނާ ކޮފީބޯން އިންދައި، އެސްއޯ ފުލުހުން އެ ރެސްޓޯރަންޓް ތެރެއަށް ވަދެއެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަށް ތަބާ ނުވުމަށް އެތައް ބަހަނާއެއް ދެއްކުމަށް ފަހު، އެ އަމުރު ތަންފީޒު ނުކޮށް، ރައީސް ޔާމީންގެ ސަރުކާރުން ފެބްރުއަރީ 5 ވަނަ ދުވަހުގެރޭ ވަނީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ގިނަ އަދަދެއްގެ ސިޔާސީ ފަރާތްތަކާއި އާންމު ރައްޔިތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ގިނަ ފަރާތްތަކަކަށް އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ބައެއް ހައްޤުތައް ވެސް ފުރިހަމައަށް ލިއްބައިދެމުން ނުދާކަމަށް އެފަރާތްތަކުގެ ޤާނޫނީ ވަކީލުން ވަނީ ހާމަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް