ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 06:34
ފުލުހުން ބަލަމުންދާ ސަރަހައްދެއް: މިރޭ ވަނީ ތޫނުއެއްޗަކުން މާރާމާރީ ހިންގާފައި
ފުލުހުން ބަލަމުންދާ ސަރަހައްދެއް: މިރޭ ވަނީ ތޫނުއެއްޗަކުން މާރާމާރީ ހިންގާފައި
ރާއްޖެ އެމްވީ
ތޫނު އެއްޗަކުން ހަމަލާދިނުން
މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމް ކޮށްލައިފި
ޒުވާނަކު ވަނީ ޒަޚަމްވެފައި
އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން
ބަޔަކު ހައްޔަރު ކުރިކަމުގެ މައުލޫމާތު ރާއްޖެ އެމްވީއަށް ވަނީ ލިބިފައި

މާލޭގައި މިރޭ  ތޫނުއެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ  22:15 ހާއިރު 19 އަހަރުގެ ޒުވާނެއްގެ ގަޔަށް ވަޅި ހަރާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާ ޒަޚަމްވުމާއި ގުޅިގެން އެޒުވާނާއަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރުދުށް މީހަކު ބުނި ގޮތުގައި މިރޭ ވަނީ ރާނބާ ރެސްޓޯރެންޓް ތެރެއިން ހަ ޒުވާނަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ބުނީ މިމާރާމާރީއާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ނަމަވެސް އެކަން ޗެކް ކުރަމުންދާ ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް