ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 21:51
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން ޝިޔާން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން ޝިޔާން
ފޭސްބުކް
ކުއްލި ނުރައްކަލުގެ ހާލަތު
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން ޝިޔާން ހައްޔަރުކޮށްފި
ޝިޔާން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން
ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން ޝިޔާން ފުލުހުން ހައްޔަރުކޮށްފިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގައެވެ. ޝިޔާން ހައްޔަރުކުރުމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

އެހެންނަމަވެސް އެމްޑީޕީން ބުނީ ޝިޔާން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެމްޑީޕީ ގައުމީ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އިލްޔާސް ލަބީބާއި، ހަސަން މުހައްމަދު (ހަސަންޓޭ) އަދި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ގެ އިތުރުން އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ވެސް ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް