އައްޑޫ ސިޓީ ހިތަދޫ ލިންކް ރޯޑް ކައިރިން ކުނިކޮއްޓާ ދިމާލުން އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު އިރުއޮއްސި 6.44 ހާއިރު ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ ކާރަކާއި ސައިކަލެއް ޖެހި ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްޤީޤް ކުރަމުންނެވެ.
އެ ސަރަހައްދުގައި ހުރި މީހަކު ބުނީ ސައިކަލުގައި އިން މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާގެ މޫނު އޮތީ ކާކުކަން ނޭނގޭ ވަރަށް ޒަހަމްވެފައި ކަމަށް އޭނާ ބުންޏެވެ.