ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 18:18
އިއްޒުއްދީން މަގުގެ މަސައްކަތް ކުރިއަށް ދަނީ
އިއްޒުއްދީން މަގުގެ މަސައްކަތް ކުރިއަށް ދަނީ
ހައުސިންގް މިނިސްޓްރީ
ހައުސިން މިނިސްޓަރު މުއިއްޒު
އިއްޒުއްދީން މަގު އޭޕްރީލް މަހުގައި ހުޅުވާނީ
އިއްޒުއްދީން މަގުގެ ބައެއް ސަރަހައްދުތައް ބަންދުކޮށް މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު
މިހާރު ކުރިއަށް ދާނީމާގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް

އިއްޒުއްދީން މަގު، ފުޅާކޮށް އެ މަގުގައި ތާރު އެޅުމަށް ފަހު އޭޕްރީލް މަހު ހުޅުވަން ނިންމައިފިއެވެ.

ތާރުއެޅުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ އިއްޒުންދީން މަގުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ހޮނިހިރު ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޒުއްދީން މަގާއި އަމީނީ މަގު ގުޅުނު ހިސާބުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު އެއްކޮށް ނިންމާލައި އެ މަގު ހުޅުވާލެވޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ މުއިއްޒު ވަނީ އިންޑަސްޓްރިއަލް ވިލެޖާއި މާލެ ހުޅުލެ ގުޅުވާ ބްރިޖާއި ގުޅިފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަން ހާމަކުރައްވާފައެވެ.

އިއްޒުއްދީންމަގުގެ ބައެއް ސަރަހައްދުތަށް ބަންދުކޮށް އެމަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ މަގާ އިންވެގެން ހާބަރު ސަރަހައްދުގައި ހަދާ ފުޑްކޯޓުތައް ވެސް ރޯދަމަހުގެ ކުރިން ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 މާރޗް 2018 | ހޮނިހިރު 14:12
ޢާޙޫ
ތިކަން ތިކިރަނީ އަނެއްކާ އަދުރޭ ބޭނުންވާ ގޮތަށްބާ؟ ސުވާލު ޢިފެދޭތީ އަހާލެވުނީ.. އަދުރޭ ފޯ ޕުރެސިޑެންޓް 2018!!!!