ކ. މާލެ
|
10 މާރޗް 2018 | ހޮނިހިރު 22:14
ފުލުހުން ތަޙްގީގުކުރަމުންދާ މައްސަލައެއްގައި މީގެ ކުރިން ރިޔާޒާ ސުވާލުކުރަނީ
ފުލުހުން ތަޙްގީގުކުރަމުންދާ މައްސަލައެއްގައި މީގެ ކުރިން ރިޔާޒާ ސުވާލުކުރަނީ
ރާއްޖެ އެމްވީ
ރިޔާޒު ހައްޔަރުކުރުން
އަބްދުﷲ ރިޔާޒުގެ ބޮޑީގާޑުގެ ފޯނު ހިފަހައްޓައިފި
ރިޔާޒުގެ ބޮޑީގާޑު ނާޒިމްގެ ފޯނު ފުލުހުން ހިފައްޓާފައިވާކަން ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައި
ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި
ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑުގެ ފޯނު ވެސް ހިފަހައްޓާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައި

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބޮޑީގާޑު މުހައްމަދު ނިޒާމު ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ އަބްދުﷲ ރިޔާޒުގެ ބޮޑީގާޑު، ނިޒާމުގެ ފޯނު ފުލުހުން ހިފެއްހެއްޓިކަން އެޕާޓީގެ ތަރުޖަމާން އަލީ ސޯލިހް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެހެނަމަވެސް ނިޒާމުގެ ފޯނު ހިފެހެއްޓީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އަދި ނޭނގެއެވެ. މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އަތުން ފޯނު އަތުލީ ޖަނަވަރީ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި އިންދައި ކޯޓު އަމުރެއް ދެއްކުމަށް ފަހުއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރިޔާޒު ހައްޔަރުކޮށްފައި ވަނީ މާރްޗް މަހުގެ 2 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރި މުޒާހަރާގެ ތެރެއިން މާޖީދީ މާގާއި ސޯސަން މަގު ގުޅުނު ކަންމަތިންނެވެ. ހައްޔަރުކުރުމަށް ފަހު ރިޔާޒުގެ މައްޗަށް އެއްވެސް ތުހުމަތެއްކޮށް ސުވާލުކޮށްފައި ނުވާ ކަމަށް ރިޔާޒުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ބުނެފައެވެ.

ރިޔާޒްގެ ބޮޑީގާޑުގެ އިތުރުން ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑު އައްބާސް އުމަރުފުޅުގެ ފޯނު ވެސް ވަނީ އަތުލާފައެވެ. އެނގިފައިވާ ގޮތުގައި މީގެ ކުރިން ބަންޑާރަކޮށީގައި ހުއްޓައި މިލިޓަރީ ޕޮލިހުން ވަނީ އޭނާ ހިފަހައްޓާފައެވެ. އަދި އޭނާގެ ފޯނު ވަނީ އަތުލާފައެވެ. ނަމަވެސް ފޯނު އަތުލީ ކީއްވެ ކަމެއް އަދި ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން ބައެއް ސިފައިންނާއި ފުލުހުން ހައްޔަރުކޮށް ފޯނު އަތުލުމާއި ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަން ދަނީ ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ބޮޑީގާޑު އަހުމަދު ޝާނީޒް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އޭނާއަކީ އައްބާސްގެ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތްކުރި އަހްމަދު ސިމާދު ވެސް ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައެވެ. ޝާނީޒް އާއި ސިމާދު ވަޒީފާ އިން ވަކިކުރީ ހަފުތާއަކަށް ވުރެ ގިނަ ދުވަހު ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހުގައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
10 މާރޗް 2018 | ހޮނިހިރު 14:59
އަހުމަދު ސަލީމް
އަބުދުއްލޯ ރިޔާޒަށްވުރޭ އަދުރޭ މާ ސާބިތުވާނެ... އަދުރޭ ފޯ ޕްރެސިޑެންޓް... ޔާމީނު ވަރަށް ކަޑަ... ގައުމުގެ ހަގީގީ ކައްޕިއަކީ އަދުރޭ... އައި ލަވް އަދުރޭ... އަނެއްކާ އެހާ ހެންސަމް ދޯ