ކ. މާލެ
|
11 މާރޗް 2018 | އާދީއްތަ 12:22
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭރުގެ އިސްފަރާތްތަކާ ބައްދަލުކުރަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭރުގެ އިސްފަރާތްތަކާ ބައްދަލުކުރަނީ
ޓްވިޓަރ
ގުޅިފައިވާ ސިޔާސީ ޕާޓީތައް
މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަފުދެއް އދ. އަށް ދަނީ
މިކަން ހާމަކޮށްފަައި ވަނީ ރައީސަށް ފޮނުވާފައިވާ ސިޓީއެއްގައި
މަޝްވަރާ ކުރުމުގެ ކުރިން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަންޖެހޭ
މަޝްވަރާތަކުގައި އދ. ބައިވެރިކުރަންޖެހޭ

މަޝްވަރާތަކުގެ ޕްރޮސެސް ކުރިއަށް ގެންދިއުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ވަފުދެއް އަންނަ ހޯމަ ދުވަހު ނިއުޔޯކް އަށާއި ވޮޝިންގޓަން ޑީސީއަށް ޒިޔާރަތް ކުރުމަށް ހަމަޖައްސައިފިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިކަން ހާމަކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކާ ގުޅޭ ގޮތުން ފޮނުވާފައިވާ ސިޓީގައެވެ.

އެސިޓީގައި ބުނެފައިވަނީ، ރާއްޖޭގެ ސިޔާސީ ޕާޓީތައް އެކުލެވިގެންވަނީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުންގެ މައްޗަށް ކަމަށެވެ.

ދިވެހި ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ހުޅުވާލެވިގެން ލިޔާ ސިޓީއެއް ކަމުގައި ފާހަގަކުރައްވާފައިވާ އިރު މި ގޮތަށް މި ސިޓީ ލިޔުމުގެ މަގްސަދަކީ އެ ފަރާތްތަކުން ވެސް ހުށަހަޅާ ކަންކަމާއި ދެކޭ ގޮތް އެންމެހާ ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައުއަށް ވަޒަން ކުރުން ކަމަށް ބުނެފައި ވެއެވެ.

މި ސިޓީގައި އިތުރަށް ބުނުފައި ވަނީ ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް ހައްލު ހޯދުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކުރުމަށް  ދައުވަތު ދެއްވާފައިވާތީ އެކަމަށް ޖަވާބުދެއްވުން ކަމަށެވެ. މި ސިޓީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ އެންމެ ފުރަތަމަ ވެސް ރާއްޖޭގައި ޣައިރު  ގާނޫނީ ގޮތުން އިއްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލަންޖެހޭ ކަމަށާއި އޭގެ ދަށުން ބައްދުކޮށްފައިވާ ހުރިހާ ފަރާތްތައް ވެސް ދޫކޮށްލަންޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު ކޯޓު އަމުރު ތަންފީޒު ކުރުމުން، އދގެ ބައިވެރިވުމާ އެކު ބޭއްވޭ ޕްރޮކްސިމިޓީ ޓޯކްސްއަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ފުރިހަމައަށް ތާއީދު ކުރުމާ އެކު މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މަޝްވަރާތަކުގައި ބައިވެރިވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުމަކީ ވާހަކަތަކުގައި އދ. ގެ ބައިވެރިވުމާ މެދު އޮތް ދެބަސްވުން ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި މަޝްވަރާތަކުގައި އދ. ގެ ބައިވެރިވުމަކީ ވާހަކަތައް ދެއްކުމުގެ އަސާސީ ސިފަ ކަމަށާއި ބައެއް ހާލަތްތަކުގައި އދ. ގެ ބައިވެރިވުމަށް އިންކާރު ކުރައްވާކަމުގައި ކަނޑައެޅިގެން ސަރުކާރުން ވިދާޅުވަމުންދާ ކަމަށެވެ. އެހެން ނަމަވެސް އަނެއް ބައި ހާލަތްތަކުގައި ހާލަތު ބަދަލުވުމުން އަންނަ މިންވަރަށް ބަލައި ސަރުކާރުގެ ވިސްނުން ބަދަލުވެދާނެ ކަމަށް ގަބޫލުކުރާ ކަމަށް ސަރުކާރުން ބުނެއެވެ.

އާންމު ރައްޔިތުންގެ ލާބައައި މަންފާއަށް މަސައްކަތްކޮށް އަދި މަޝްވަރާއަށް ތާއީދު ކުރާ އެއްވެސް ސަރުކާރަކުން މަޝްވަރާތަކުގައި އދ. އިން ބައިވެރިވާ ނަމަ އެކަން ގަބޫލު ނުކުރައްވާނެ ކަމަށް ވިދާޅުވުމަކީ ސަރުކާރުގެ ނިޔަތާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އދ. ގެ ބައިވެރިވުމާ މެދު ސަރުކާރުގެ ވިސްނުން ދެބައި ވެފައިވާ ކަމާއި މައްސަލަ ޑެޑްލޮކް އަކަށް ގޮސްފައޮވާ ކަން އެނގޭ ކަމަށާއި މި އަމަލުތަކުގެ ސަބަބުން ގެއްލުން ވަނީ ދިވެހި ރައްޔިތުންނަށް ކަމަށް ސިޓީގައިވެއެވެ.

ސަރުކާރުން ގޮތްދޫނުކުރުމުގެ ސަބަބުން މިކަން އިތުރަށް ދިގުލައި ލަސްވެ، ސާފުނުވެ ދިއުމަކީ ރާއްޖޭގެ އިގްތިސާދަށް ގެއްލުންވެ، ދެމެހެއްޓެނިވި ހަމަޖެހުން ދިވެހިރާއްޖެއަށް ހޯދައިދިއުމަށް މުސްތަގިއްލު ބައިވެރިއެއްގެ ހައިސިއްޔަތުން އދ. އާ އެކު ކުރިއަށް ގެންދެވޭ މަޝްވްރާއަށް ވީ އެންމެ އަވަހަށް ތާއީދުކުރައްވައި އެ ތާއީދު އާންމު ކޮށްދެއްވުން އެދޭ ކަމަށް ސިޓީގައި ބަޔާންކޮށްފައި ވެއެވެ.

މިކަމުގައި މުޅި ސަރުކާރުގެ ވިސްނުން ހާމަކުރައްވައި އެގޮތުގައި ދެމިހުންނެވުމުގެ ވަގުތު މިވަނީ ޖެހިފައި ކަމަށާއި މުޅި ސަރުކާރުގެ ހުރިހާ ބޭފުޅުންގެ ތާއީދު މިކަމުގައި އެ މަނިކުފާނަށް  ނުލިބިދާނެކަން ގަބޫލުކުރެވޭ ކަމަށް އެސިޓީގައި ވެއެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް