ކ. މާލެ
|
9 މާރޗް 2018 | ހުކުރު 21:42
މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން:-ފޮޓޯ ރާއްޖެއެމްވީ
މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން:-ފޮޓޯ ރާއްޖެއެމްވީ
އަޝްވާ ފަހީމް
އިދިކޮޅު ހަރަކާތް
ގިނަ މީހުންނާއެކު ބޭއްވި އެއްވުން ފުލުހުންނަށް ހުއްޓުވައެއް ނުލެވުނު
އެއްވުން ރޫޅާލަން އެސްއޯ ފުލުހުން މާބޮޑު މަސަައްކަތެއް ނުކުރޭ
ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި

އިދިކޮޅު ފަރާތްތަކުން ގިނަ އަދަދެއްގެ މީހުންނާއެކު ބޭއްވި އެއްވުން ފޯރިއާއެކު ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.

މި ހުކުރުގައި ވެސް އިދިކޮޅު ފަރާތްތަކުން މުޒާހަރާފެށީ އެމްޑީޕީ ހަރުގެ ކުރިމަތީގަ އެވެ. ހަވީރު 4.45ހާއިރު ފެށި މުޒާހަރާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވިއިރު އޭގެ ތެރޭގައި ގިނަ އަންހެނުން ހިމެނެ އެވެ.

އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް އެއްވި މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ކުރި މަދު ފުލުހުންނަށް އެކަން ކާމިޔާބުވާ ގޮތެއްނުވި އެވެ. އަދި އިރުއޮއްސުމާ ހަމައަށް އެއްވުމުގެ ބައިވެރިން އެތަނުގައި ތިބެ އަޑުއުފުލާފައިވެ އެވެ.

އެމްޑީޕީ ހަރުގެ ކުރިމަތީ މީގެ ކުރިން ހުކުރު ދުވަހު ހަވީރު ބާއްވާ އެއްވުންތައް ހުއްޓުވުމަށް އެސްއޯ ފުލުހުން އައިސް ބާރުގެ ބޭނުންކޮށް ގަދަމުން އެތަނުގައި ތިބޭ މީހުން ފޮނުވާލަން މަސައްކަތްކުރި ނަމަވެސް މި ހުކުރުގެ އެއްވުމުގެ ތެރަށް އެސްއޯ ފުލުހުން އައީ ކުޑަ އިރުކޮޅަކަށެވެ. އަދި ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލުމަށް މަސައްކަތް ކޮށްފައިވެސްނުވެ އެވެ.

އޭގެ ބަދަލުގައި އެތަނުގައި ގިނައިން ހަރަކާތްތެރިވީ އޮޕަރޭޝަނަލް ޔުނީފޯމްގައި ތިބި މަދު ފުލުހުން ކޮޅެކެވެ.

މި އެއްވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނަކީ ކައްޕިއެއް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް ރައްޔިތުން ގޮވަނީ އޮޑިން ފޭބުމަށް ކަމަށެވެ. ހަމަ އެހެންމެ އިހްތިޖާޖުތައް ހުއްޓާ ނުލައި ކުރިއަށްދާނެ ކަމަށް ޝިފާ ތަކުރާރުކޮށް ވިދާޅުވި އެވެ.

މީގެ އިތުރުން މި އެއްވުމުގެ ތެރޭގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ފުލުހުންނާ ސިފައިންނަށް ބަދަލުތަކެއް އަންނަ ކަމަށާއި ރައީސް އަބްދުﷲ ޔާމިން ވެރިކަމުން ދުރުކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތުގައި މިހާރު އެމަނިކުފާނު އެ ހުންނެވި ހިސާބު ބަލާލުން މުހިންމު ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން އެއްވުން ކުރިއަށް ގެންގޮސް ނިންމާލީ އިތުރު ހަރަކާތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ފޯރިއާއެކު ކުރިއަށް ގެންދާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 މާރޗް 2018 | ހުކުރު 20:51
ލަލާ
Gina thikiyanee kithah meehunah?