ކ. މާލެ
|
9 މާރޗް 2018 | ހުކުރު 21:40
ޓަގު ބޯޓު
ޓަގު ބޯޓު
އެމްއެންޑީއެފް
ޓަގުބޯޓެއް ބަންޑުން ޖަހާލުން
ޓަގްބޯޓެއް ބަންޑުން ޖަހާލައި މީހަކަށް އަނިޔާވެއްޖެ
ބަންޑުން ޖަހާލާފައިވަނީ ކ.ބޮލިފުށި ކައިރިން

ޓަގްބޯޓެއް ބަންޑުން ޖަހާލައި މީހަކަށް އަނިޔާވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް(އެމްއެންޑީއެފް)އިން ބުނީ ކ.ބޮލިފުށި އައިލެންޑް ރިސޯޓް ކައިރިއަށް ޓަގް ބޯޓެއް ބަންޑުންޖަހާލައި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 15:00 ހާއިރުކަމަށެވެ. 

އެމްއެންޑީއެފް ގެ ކޯސްޓްގާޑް މިހާރު އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށާއި ލިއޯ ކޮމާންޑަރ ނަމަކަށް ކިޔާ މި ޓަގްބޯޑް ބަންޑުންޖަހާލީ ބާޖެއް ކަފުޖަހައިގެން އުޅުމުގެ ތެރޭގައި ބޮލިފުށި ކައިރީ ހިއްކަމުންދިޔަ ފަސްގަނޑުގައި ޖެހިގެން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުންބުނީ މިހާދިސާ ހިނގިއިރު ބޯޓްގައި ހަތް މީހުން ތިބިކަމަށާއި އޭގެތެރެއިން އެކަކަށް އަނިޔާވެ ފަރުވާ ދިނުމަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް