ކ. މާލެ
|
9 މާރޗް 2018 | ހުކުރު 19:54
ހައްޔަރުކޮށްފައިވާ ނަދީމް(މ): އޭނާ ހައްޔަރުކޮށްފައި ހުންނަތާ 32 ދުވަސް
ހައްޔަރުކޮށްފައިވާ ނަދީމް(މ): އޭނާ ހައްޔަރުކޮށްފައި ހުންނަތާ 32 ދުވަސް
އަޒުމޫން އަހުމަދު
ނަދީމް ހައްޔަރުކުރުން
ނަދީމަށް ޑައިރިއާ ޖެހި ސިއްހީ މައްސަލަތަކެއްގައި
ހައްޔަރުކޮށްފައި ހުންނަތާ 32 ދުވަސް
ޑައިރިއާ ޖެހުނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުން
އަވަހަށް ފަރުވާ ލިބޭނެ ކަމަށް އުންމީދު ކުރަން: ޔުމްނާ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަނބިދަރިކަލުން، މުހައްމަދު ނަދީމަށް ޑައިރިއާ ޖެހި، ސިއްހީ މައްސަލަތަކެއް ކުރިމަތިވާތީ އޭނާގެ ގާނޫނީ ވަކީލުން ކަންބޮޑުވުންފާޅުކޮށްފި އެވެ.

ޑައިރިއާއަކީ އާދަޔާ ހިލާފަށް ބޮޑުކަމުދެވި، ގައިން ވަރު ދޫވެ، ހަށިގަނޑުން ފެން މަދުވެ، ސިއްހީ އެހެން މައްސަލަތަކުގެ ތެރެެއަށް ހިނގައިދާނެ ބައްޔެކެވެ.

ނަދީމުގެ ގާނޫނީ ވަކީލު، މަހުފޫޒު ސައީދު ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަދީމަށް ޑައިރިއާ ޖެހުނީ ސާފު ބޯފެން ނުލިބުމުގެ ސަބަބުން ކަމަށެވެ. ސާފު ބޯ ފެން ނުލިބުމުގެ ސަބަބުން، ޑައިރިއާ ޖެހި، "ޑީހައިޑްރޭޓް"ވުމުގެ މައްސަލަ ނަދީމަށް ކުރިމަތިވެފައިވާ ކަމަށާއި އެ މައްސަލަ ކުރިމަތިވާން ފެށީ މިދިޔަ ހަފްތާއިން ފެށިގެން ކަމަށް މަހުފޫޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން، މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ނަދީމް ހައްޔަރު ކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އަދިވެސް ސުވާލެއް ނުކުރާ ކަމަށެވެ. ނަދީމް ހައްޔަރުކޮށްފައި ހުންނަތާ ހުކުރު ދުވަހަށް 32 ދުވަސް ވަނީ ވެފައެވެ.

ނަދީމްގެ އަނބިކަނބަލުން، އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޒީމްގެ ސިއްހީ ހާލަތާމެދު ކަންބޮޑުވާ ކަމަށާއި ނަދީމަށް ސާފު ބޯފެން ފޯރުކޮށްދީ، ޑޮކްޓަރުންގެ ފަރުވާ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް