ކ. މާލެ
|
9 މާރޗް 2018 | ހުކުރު 19:10
ރަސްފަންނުގައި ހަދާ ޕެވިލިއަން
ރަސްފަންނުގައި ހަދާ ޕެވިލިއަން
ޓްވިޓަރ
ޕެވިލިއަން
ޕެވިލިއަން އަންނަ މަހު ހުޅުވޭނެ: މުއިއްޒު
ދެ ބުރި އަށް ހަދާ ރަސްފަންނުގެ ޕެވިލިއަންގައި ރެސްޓޯރަންޓް އަދި ކެފޭތައް ހުންނާނެ

ރަސްފަންނުގައި ހަދާ ޕެވިލިއަންގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިމޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން ރަސްފަންނުގައި ތަރައްގީ ކުރާ ޕެވިލިއަންގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރަސްފަންނުގައި ހަދާ ޕެވިލިއަން މަސައްކަތް ނިމުމަކާއި ގާތްވެފައިވާ ކަމަށާއި އެޕްރީލް މަސް ނިމުމުގެ ކުރިން ހުޅުވޭނެ ކަމަށް ޑިވެލޮޕަރ ޔަގީންކަން ދީފައިވާ ކަމަށެވެ. 

ބައިނަލްއަގުވާނީ ފުޑް ޗެއިންތައް ކަމަށްވާ ކޭއެފްސީ އާއި ޕިއްޒާހަޓް ރަސްފަންނުގައި ހިންގުމުގެ ހުއްދަ ބްރަދާސް ކެޓްރިން އަށް މީގެ ކުރިން ދީފައި ވަނީ 10 އަހަރުގެ މުއްދަތަށެވެ. އަދި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ފަސް މަސް ދުވަސް ތެރޭގައި ނިންމާ ހިދުމަތް ދޭން ފަށާ ގޮތަށެވެ.  ނަމަވެސް އެ މުއްދަތު ފަހަނަ އަޅައި އެތައް ދުވަހެއް ވެގެން ދިޔައިރު ވެސް އެ ކުންފުންޏަށް އެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ. އެމްޑަބްލިޔުއެސްސީ ބްރަދާސްކޭޓްރިންއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށް، އެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަލުން އިއުލާން ކޮށްފައި ވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުގައެވެ. އެތަން ހިންގަން ބްރަދާސް ކޭޓަރިންއާ އެކު ފުރަތަމަ ހެދި އެއްބަސްވުން އުވާލުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން އޭރު ދެ ކުންފުންޏަކުން ބިޑް ހުށަހެޅި އެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ މެންހަޓަން ފިޝް މާކެޓް ވެސް ހިމެނެ އެވެ. 

ދެ ބުރި އަށް ހަދާ ރަސްފަންނުގެ ޕެވިލިއަންގައި ރެސްޓޯރަންޓް އަދި ކެފޭތައް ހުންނަނީ ފުރަތަމަ ފްލޯގައެވެ. ގްރައުންޑް ފްލޯގައި ހަދަނީ މޫދަށް އެރޭ މީހުން ފެންވަރާނެ ތަނަކާއި ފިހާރައެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް