ކ. މާލެ
|
9 މާރޗް 2018 | ހުކުރު 17:58
ރަސްދޫ ރައްޔިތުން ފަރިވަޅު ހިފައިގެން އައިސް
ރަސްދޫ ރައްޔިތުން ފަރިވަޅު ހިފައިގެން އައިސް
ރާއްޖެއެމްވީ
އއ. ރަސްދޫ ރައްޔިތުން
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !
 
މި ފަރިވަޅު ރާއްޖެޓީވީއާ ހަމައަށް ގެނެސްދިނީ ރާއްޖެޓީވީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން
 
ތިކުދިން ތި ކުރާ ހިތްވަރަށް ހަމަ ސާބަސް

ރާއްޖެޓީވީގެ މުވައްޒަފުން ކުރާ މަސައްކަތް އަބަދުވެސް ގިނަ ބަޔަކު ބަލައިގަނެ އެކަމުގެ އަގުވަޒަން ކުރެއެވެ. އެމީހުންގެ ހިތުގައި ރާއްޖެޓީވީ އަށް އޮތް ލޯބި އެކި ސިފަ ސިފައިގައި ހިއްސާ ކުރަމުންދެއެވެ. ބައެއް ފަހަރު ހިތްވަރުގެ ބަސްތަކުން ނުވަތަ އަނެއް ބައިފަހަރު ހަދިޔާތަކުން އެމީހުންގެ ހިތުގައި ރާއްޖެޓީވީއަށްޓަކައި އޮންނަ ލޯބި ދައްކައިދެއެވެ.

އއ. ރަސްދޫގެ ރައްޔިތުންނަކީވެސް މިފަދައިން ރާއްޖެޓީވީ ދެކެ ލޯބިވާ ބައެއްކަން ޝައްކެއް ވެސް ނެތެވެ. ކަނޑު ހުރަސް ކުރުމަށްފަހު އެހާ ބުރަ މަސައްކަތުން އެތަކެއް ގިނަ ވަގުތު ހޭދަކުރުމަށް ފަހު ރާއްޖެޓީވީއަށް ފަރިވަޅު ގެނައީ އެމީހުންގެ ހިތުގައި ރާއްޖެޓީވީއާ މެދު އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ. މި ފަރިވަޅު މިއަދު ހަވީރު ގެނައިރު ރާއްޖެޓީވީގެ ހުރިހާ މުވައްޒަފުން އެ ރަށުގެ ރައްޔިތުންގެ އިސްތިގުބާލުގައި އޮފީސް ބޭރުގައި ތިއްބެވެ. އެމީހުންގެ ފަރާތުން އޭރުވެސް އިވެމުން ދިޔައީ އެންމެ އަޑެކެވެ. "ތިކުދިން ތި ކުރާ ހިތްވަރަށް ހަމަ ސާބަސް. ތިއީ ހަމަ އަޅުގަނޑުމެންގެ އާއިލާ ކުދިން" މިއަޑެވެ.

އެ ރަށުން އައި ރައްޔިތުންގެ ތެރޭގައި އިސްކޮށް ހަރަކާތްތެރިވި އަންހެން ކަނބަލަކު ބުނީ ރަސްދޫގައި އަދިވެސް ފަރިވަޅު އެރުވުމަށްޓަކައި އަންނަން ބޭނުންވެ ނާދެވި ތިބި ގިނަ ރައްޔިތުންތަކެއް އެބަތިބި ކަމަށާއި މި ފަރިވަޅު ރާއްޖެޓީވީއާ ހަމައަށް ގެނެސްދިނީ ރާއްޖެޓީވީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

މީގެ އިތުރުންވެސް އަންހެން ދެ ކަނބަލުން ވަނީ ރާއްޖެޓީވީއަށް ޝުކުރު އަދާކޮށް ވާހަކަ ދައްކާފައެވެ.

ރާއްޖެޓީވީގެ ފަރާތުންވެސް ވަނީ އެ ރަށު ރައްޔިތުންނަށް އިހްލާސްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ.

ރާއްޖެޓީވީގެ ނިއުސް ޑިރެކްޓަރ ހުޝާމް މުހައްމަދު ވިދާޅުވީ ރާއްޖެޓީވީގެ މުވައްޒަފުންނަށް ލިބޭ މުސާރައަށް ވުރެވެސް އަގުހުރި އެއްޗަކީ ރައްޔިތުންދޭ ހިތްވަރު ކަމަށެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
58%
3%
0%
3%
36%
ކޮމެންޓް
9 މާރޗް 2018 | ހުކުރު 13:01
amir
den ym konthaaideh ovegen miulhenee