ކ. މާލެ
|
9 މާރޗް 2018 | ހުކުރު 17:51
ތިނަދޫ ތަންފީޒު ޖަގަހަ ހުޅުވުން
ތިނަދޫ ތަންފީޒު ޖަގަހަ ހުޅުވުން
ޓްވިޓަރ
ރައްޔިތުންގެ ބަދަލު
ތިނަދޫގައި ތަންފީޒު ޖަގަހަ ހުޅުވައިފި
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުމަށް ބާރުއެޅުމަށް އެކި ހަރަކާތްތައް ކުރިއަށްގެންދާނެ

ގުޅިފައިވާ ޕާޓީތަކުގެ އިސްލާހީ މަސައްކަތުގެ ތެރެއިން އެކިއެކި ހަރަކާތްތައް ހިންގުމަށް ގދ. ތިނަދޫގައި ޚާއްސަ ޖަގަހައެއް ހުޅުވައިފިއެވެ.

"ތަންފީޒު ޖަގަހަ" އިގެ ނަމުގައި ހުކުރު ދުވަހުގެ ހަވީރު މި ޖަހަގަ ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނާޒިމްއެވެ.

ޖަގަހަ ހުޅުއްވައިދެއްވުމަށް ފަހު ނާޒިމް ވިދާޅުވީ، މި ޖަގަހައިގެ މައި މަސައްކަތަކަށް ވެގެންދާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ބާރުއެޅުން ކަމަށެވެ. ތިނަދޫއަކީ އެމްޑީޕީއަށް ބޮޑު ތާޢީދެއް އޮންނަ ރަށަކަށްވާއިރު، ނާޒިމް ވިދާޅުވި ގޮތުގައި ތަންފީޒު ޖަގަހައިގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްގެންދާނީ އެމްޑީޕީން އިސްނަގައިގެން، ގުޅިފައިވާ އެހެން ޕާޓީތަކާއިއެކުއެވެ.

ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުން މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމަށް ބާރުއެޅުމަށް ތިނަދޫގައި ޖަގަހައެއް ހުޅުވާފައިވާއިރު، އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ އެކިއެކި ހަރަކާތްތައް ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް