ކ. މާލެ
|
9 މާރޗް 2018 | ހުކުރު 16:52
ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާހް
ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާހް
ސިމާހާ ނަސީމް
ަކުއްލި ނުރައްކަލުގެ ހާލަތު
ގައްދާރުވުން ލިޔާނީ ކަޅު އަކުރުން، ބޮޑު ބައްޔާ ކުރިމަތިލަން ތައްޔާރުވެލާ: މަލީހް
ހިތި ނަތީޖާ ދައްކާނީ ވޯޓުން
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ، ފަނޑިޔާރު އަލީ ހަމީދު މިނިވަންކުރަން ޖެހޭ
ސަރުކާރުން ވަނީ ގާނޫނު އަސާސީއަށް ގައްދާރުވެފަ

ރައީސް ޔާމީންގެ ސަރުކާރުން ގާނޫނު އަސާސީއަށް ގައްދާރުވި ގައްދާރުވުން ދިވެހިން ލިޔާނީ ކަޅު އަކުރުން ކަމަށް ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާހް ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރުން ގާނޫނު އަސާސީއަށް ގައްދާރުވި ގައްދާރުވުމުގެ ހިތި ނަތީޖާ ދައްކާނީ ވޯޓުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ ސަރުކާރުން ބޮޑު ބައްޔާ ކުރިމަތިލާން ތައްޔާރުވުމަށް މަލީހް ވަނީ ގޮވާލާފައެވެ.

މަލީހް ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ޖެހޭ ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ހައްޔަރު ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ފަނޑިޔާރު އަލީ ހަމީދު މިނިވަންކުރުމަށް ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން، ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާތާ 32 ދުވަސް ވަނީ ވެފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައި ހުންނަތާ 32 ދުވަސް ވަނީ ވެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު މަޖިލީހުގެ ހަތަރު މެމްބަރަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހައްޔަރު ކޮށްފައިވާއިރު، މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުނު ފަރާތްތައް ވެސް ވަނީ ބަންދު ކޮށްފައެވެ. އެ ފަރާތްތައް ބަންދުކޮށްފައި ވަނީ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ކޯޓު މެދުވެރިކޮށް ބަންދުގެ މުއްދަތު ޖެހުމެއް ނެތިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 މާރޗް 2018 | ހުކުރު 12:44
Ahmed
Varah furihama vaahakafulheh. Boduthanun balikuraanan