ކ. މާލެ
|
9 މާރޗް 2018 | ހުކުރު 19:13
ނަމާދު ކުރަނީ
ނަމާދު ކުރަނީ
މުހައްމަދު ޝަރުހާން
ބާރަށް ބިސްމި ކިޔުން
އެންމެ ރަނގަޅީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބާރަށް ބިސްމި ކިޔުން: ފަތުވާ
ފާތިޙާ ސޫރަތް ނުކިޔަވާ އެއްވެސް ނަމާދެއް ސައްހަ ނުވާނޭކަން ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާކަމަށް ވަނީ ބުނެފައި
ނަމާދުތަކުގައި އަމަލުކުރުން އެންމެ ރަގަޅުގޮތަކީ ސޫރަތުލް ފާތިހާ ކިޔަވަން ފަށާއިރު، بِسْمِ ބާރަށް ކިޔުން

އެންމެ ރަނގަޅީ އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބާރަށް ބިސްމި ކިޔުން ކަމަށް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ.

އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ބިސްމި ކިއުމާއި ގުޅޭގޮތުން ނެރުނު ފަތުވާގައި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން  ބުނެފައިވަނީ  بِسْمِ اللهِ الرَّحْمٰنِ الرَّحيمِ އަކީ ސޫރަތުލް ފާތިޙާގެ އެއް އާޔަތްކަން ކީރިތި ޤުރުއާނާއި ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހިވަސައްލަމްގެ ސުންނަތުން ސާބިތުވާ ކަމަށެވެ. ކޮންމެ ނަމާދެއްގައި ވެސް ސޫރަތުލް ފާތިޙާ ކިޔެވުމަކީ ފަރުޟެއް ކަމަށާއި، ފާތިޙާ ސޫރަތް ނުކިޔަވާ އެއްވެސް ނަމާދެއް ސައްހަ ނުވާނޭކަން ކީރިތި ރަސޫލާގެ ސުންނަތުން ވާރިދުވެފައިވާ ކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި ފަރްއީ ހުކުމްތަކުގައި އަމަލު ކުރަމުން އަންނަނީ ޝާފިއީ މަޒްހަބްގައިވާ ގޮތަށް ކަމަށް ވާތީ، ރައްޔިތުންގެ ދީނާ ވަހްދަތު އާލާކޮށް، އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި، އަޑު ހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމުން އަމަލު ކުރުން އެންމެ ރަނގަޅު ގޮތަކީ ފާތިހާ ސޫރަތް ކިޔަވާއިރު ބިސްމި ބާރަށް ކިޔުން ކަމަށް އެ ފަތުވާގައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް