ކ. މާލެ
|
9 މާރޗް 2018 | ހުކުރު 13:17
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމުގެ ތެރެއިން
އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމުގެ ތެރެއިން
ރާއްޖެ އެމްވީ
ހުކުރު ޚުތުބާ
ރިޒްޤު ހޯދުމަށް މަސައްކަތް ކުރުމަކީ ޖިހާދު ކުރުން ފަދަ ކަމެއް: ޚުތުބާ
ޚުތުބާ ޚާއްސަކޮށްފައި ވަނީ ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުން

އެމީހެއްގެ ރިޒުޤު ހޯދުމަށް މަސައްކަތް ކުރާ މީހަކީ މާތް ﷲގެ މަގުގައި ޖިހާދުކުރާ މީހާ ފަދަ މީހެއް ކަން ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ހުކުރު ދުވަހުގެ ޚުތުބާ ޚާއްސަކޮށްފައި ވަނީ ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމާ ގުޅޭ ގޮތުންނެވެ.

ރިޒުޤު ހޯދުމަށް ޙައްޤު ގޮތުގައި މަސައްކަތްކުރާ މީހާއަށް މާތް ﷲ ބަރަކާތް ލައްވާނެ ކަމާއި އޭނާގެ އުއްމީދުތަކާ ހަމައަށް ވާޞިލުވުމަށް މާތް ﷲ އޭނާއަށް މަގު ފަހިކުރައްވާނެކަން ހުކުރު ދުވަހުގެ ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

މާތް ﷲ ދެއްވާ ރިޒުޤުގައި ބަރަކާތް ލައްވާ ކަންތައްތަކެއް ވެސް ވާކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހެނދުނު ތެދުވެ، ރިޒުޤު ހޯދުމަށް މަސައްކަތް ކުރުން އެއީ އެ މަސައްކަތުން ލިބޭ ރިޒުޤުގައި ބަރަކާތް ލައްވާނެ ކަމެއްކަން ވަނީ ބަޔާން ކޮށްފައެވެ.

އިލާހީ ރިޒުޤުން މީހާ މަހުރޫމުވެގެންދާން މެދުވެރިވާ ބައެއް ކަން ކަމަށް ވެސް ހުކުރު ޚުތުބާގައި ވަނީ އަލި އަޅުވާލާފައެވެ. އެގޮތުން ރޭގަނޑު ހޭލާ ތިބެފައި، ފަތިހުގެ ވަގުތުގައި ނިދާ މީހުންނަށް، ދެ ޣަނީމާއެއް ގެއްލިގެން ދާނެކަން ޚުތުބާގައި ބަޔާންކޮށްފައި ވެއެވެ، އެއީ ފަތިސް ނަމާދާއި، ދުވާލު ފެށޭ ވަގުތުގެ ބަރަކާތެވެ.

މީގެ އިތުރުން ވެސް ދުވާލު ފެށިގެން އަންނަ ވަގުތުގެ މާތްކަމާއި، އެ ވަގުތުގެ ބަރަކާތްތެރިކަމަށް ޚުތުބާގައި ވަނީ އަލިއަޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް