ކ. މާލެ
|
9 މާރޗް 2018 | ހުކުރު 11:43
ޖިހާދުގެ ބޮޑީގާޑު އައްބާސް: ކުރާ ތުހުމަތެއް ނުބުނޭ
ޖިހާދުގެ ބޮޑީގާޑު އައްބާސް: ކުރާ ތުހުމަތެއް ނުބުނޭ
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
ނާއިބު ރައީސްގެ ބޮޑީގާޑު އައްބާސް ހައްޔަރުކޮށްފި
އޭނާ ހައްޔަރު ކުރީ މިލިޓަލީ ޕޮލިހުން
ހައްޔަރު ކުރީ ބަންޑާރަކޮށިން
ރައީސްގެ ބޮޑީގާޑުކަން ވެސް ކުރި

ނާއިބު ރައީސް އަބްދުﷲ ޖިހާދުގެ ބޮޑީގާޑަކަށް އުޅުނު އައްބާސް ހައްޔަރުކޮށްފިއެވެ.

"ރާއްޖެއެމްވީ"އަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ބޮޑީގާޑަކަށް އުޅުނު އައްބާސް ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ބަންޑާރަކޮށިންނެވެ. ފޯނު އަތުލުމަށް ފަހު، އޭނާ ހައްޔަރު ކުރީ މިލިޓަރީ ޕޮލިހުންކަން ވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައި ވެއެވެ.

އޭނާ ހައްޔަރު ކުރީ ކީއްވެގެން ކަމެއް ނޭނގެއެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންތައްތައް ވެސް އެމްއެންޑީއެފަކުން ހާމައެއް ނުކުރެއެވެ.

ރާއްޖެއެމްވިއަށް އެނގިފައިވާ ގޮތުގައި އައްބާސް ހައްޔަރު ކުރިކަން އެމްއެންޑީއެފަކުން އޭނާގެ އާއިލާއަކަށް އަންގާފައެއް ވެސް ނުވެއެވެ.

އައްބާސް ސިފައިންގެ ޔުނީފޯމުގައި: ދައުލަތުގެ އިއްޒަތްތެރިންގެ ހަށިފާރަވެރިއެއް-- ފޮޓޯ/ ފޭސްބުކް

 

އައްބާސަކީ ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ބޮޑީގާޑަކަށް ވެސް އުޅުނު އޮފިސަރެކެވެ. ސައުދީ ރަސްގެފާނު ސަލްމާން ބިން އަބުދުއް އަޒީރާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެވަޑައިގަތުމުން އެބޭފުޅުންގެ ހަށިފާރަވެރިއެއްގެ ގޮތުގައި ވެސް އައްބާސް އުޅުނެވެ. ރައްޔިތުންގެ މަޖިލީހުގެ މާލަމުގެ އަމަން ބެލެހެއްޓުމުގައި ވެސް އޭނާ ހަރަކާތްތެރިވެފައި ވެއެވެ.

އެމްއެންޑީއެފްގެ އިސް އޮފިސަރުންގެ ތެރެއިން ހައްޔަރުކޮށްފައިވާ ސިފައިންގެ އަދަދެއް އެމްއެންޑީއެފަކުން ނާންގައެވެ. ހައްޔަރުކޮށްފައިވާ ސިފައިންގެ އަދަދު 10 ވުރެ އިތުރުވެފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. މަސައްކަތުން އެކަހެރިކޮށް، މުއާސަލާތީ ވަސީލަތްތައް ބޭނުން ނުކުރެވޭ ގޮތަށް، ގިރިފުށީގައި ބައެއް ސިފައިން ބަންދުކޮށްގެން ވެސް ގެންގުޅޭ ކަމަށްވެއެވެ.

އައްބާސް: ރައީސްގެ ބޮޑީގާޑަކަށް ވެސް އުޅުނު-- ފޮޓޯ/ ޓްވިޓާ

ސިފައިންގެ ތެރެެއިން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު 10 ވުރެ އިތުރުވެފައިވާއިރު، ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދު އަށަކަށް އަރައެވެ. ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދެއް ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި އެސްއޯ ގިނަ އަދަދަކަށް ހިމެނޭއިރު، ބައެއް ފުލުހުން ވަނީ މަސައްކަތުން އެކަހެރިކޮށްފައެވެ. ފުލުހުން ހައްޔަރުކޮށްފައިވާ އަދަދުތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކުރި ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ދީފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 މާރޗް 2018 | ހުކުރު 09:11
ރިމާޒު
ފޮނި ބޮޑު މީހެއްނޫން.. ލޮލް