ކ. މާލެ
|
9 މާރޗް 2018 | ހުކުރު 09:41
އިންސާނީ ހައްޤުތަކާއި ބެހޭ ކޮންފަރެންސެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ
އިންސާނީ ހައްޤުތަކާއި ބެހޭ ކޮންފަރެންސެއްގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ރައީސް މުހައްމަދު ނަޝީދު
އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރާ އެކު ވާހަކަ ދެއްކުމަށް ރައީސް ނަޝީދު ސަރުކާރަށް ގޮވާލައްވައިފި
ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ރާއްޖޭގެ މައްސަލައިގައި ބަޔާނެއް ނެރެފައި ވަނިކޮށް
ބަޔާން ނެރުނީ 41 ޤައުމަކުން ގުޅިގެން
ރައީސް ނަޝީދު ވަނީ ރާއްޖެއަށް ދެއްވާ ސަމާލުކަމަށް ހައްޤުތަކާ ބެހޭ ވެރިޔާއަށް ޝުކުރު އަދާކުރައްވާފައި

އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރާއި، ހައިކޮމިޝަނަރުގެ އޮފީހާ އެކު ވާހަކަ ދެއްކުމަށް ދިވެހި ސަރުކާރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީ އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލުން ރާއްޖޭގެ އިންސާނީ ހައްޤުތަކާއި ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، 41 ޤައުމުން ނެރުނު ބަޔާނާ ގުޅިގެންނެވެ. އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރު ޒައިދު ރާދު އަލް ހުސައިން އާއި، އިންސާނީ ހައްޤުތަކާ ބެހޭ އޮފީހާއި، އިންސާނީ ހައްޤުތައް ކަށަވަރުކުރުމުގެ ނިޒާމަށް ރާއްޖެއިން ޖަވާބުދާރީ ނުވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ޓްވީޓްގައި އެމަނިކުފާނުވަނީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށް އދ. ގެ އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރ ޒައިދު ރާދު އަލް ހުސައިން ދެއްވާ ސަމާލުކަމަށް ޝުކުރު އަދާކުރައްވާފައެވެ. 

ސްވިޓްޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިޔަށްދާ އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 37 ވަނަ ބައްދަލުވުމުގައި 41 ގައުމެއް ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ރާއްޖޭގައި އިންސާނީ ހައްގުތަކަށް އަހަންމިއްޔަތުކަން ދިނުމަށް ގޮވާލާ ކަމަށާއި ކުއްލި ނުރައްކަލުގެ ހާލަތު ސުލްހަވެރިކަމާއެކު އުވާލުމަށް ގޮވާލާ ކަމަށެވެ. ހަމައެހެންމެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހިފެހެއްޓިފައިވާ ގާނޫނޫ އަސާސީގެ ހުރިހާ މާއްދާއެއް އިއާދަކުރުމަށާއި، ސުޕްރީމް ކޯޓާއި ޖުޑީޝަރީގެ ހުރިހާ ގުނަވަނެއް މިނިވަންކަމާއެކު ހިންގުމުގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ. އަދި ގާނޫނު އަސާސީއާއި އެއްގޮތަށް ގައުމުގެ ކަންކަން ބައްޓަން ކުރުމަށާއި މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މަސައްކަތެއް ކުރުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި ވާގޮތަށް 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުންނަށް މަސައްކަތްކުރުމުގެ ފުރުސަތު ދެވެން ޖެހޭ ކަމަށް ވެސް މި ބަޔާނުގައިވެއެވެ. ހަމައެހެންމެ ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ ހައްޔަރީން ދޫކޮށްލުމަށް ވެސް މިބަޔާނުގައި ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް