ކ. މާލެ
|
9 މާރޗް 2018 | ހުކުރު 09:32
ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ
ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ
މުހައްމަދު އަފްރާހު / ސަން އޮންލައިން
ކުއްލި ނުރައްކަލުގެ ހާލަތު
އިދިކޮޅު ޕާޓީތައް އުވާލުމަށް އަބްދުއްރަހީމް ގޮވާލައްވައިފި
އެމްޑީޕީ، ޖޭޕީ އަދި އަދާލަތު ޕާޓީގެ ހަރަކާތްތައް ހުއްޓުވަންޖެހޭ
އިދިކޮޅު ޕާޓީތައް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައެއް ނޫން
އެ ތިން ޕާޓީ އަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫނުކުރުމަށް ވެސް ގޮވާލެއްވި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ގުޅިފައިވާ ސިޔާސީ ޕާޓީތައް އުވާލުމަށް ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފިއެވެ.

ޕީޕީއެމް އިން ބުރާސްފަތި ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން މި ގައުމަށް ޣައްދާރުވާ ކަމަށް ތުހުމަތުކޮށް އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިސްލާހު ގެނެސްގެން ނަމަވެސް އެފަދަ ޕާޓީތައް އުވާލަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެ ޕާޓީތަކުގެ ސިޔާސީ ހަރަކާތްތައް ހުއްޓުވަން ޖެހޭ ކަމަށް ވެސް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވިއެވެ.

މިއަދު ފެންނަމުން ދަނީ ސިޔާސީ ޕާޓީތަކުގެ ނަމުގައި ރާއްޖޭގެ ހަމަޖެހުން ނަގާލައި، ރައްޔިތުންގެ މުދަލަށް ގެއްލުންދީ ދިވެހިރާއްޖޭގެ އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލުވާލަން ބަޔަކު މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި، އެފަދަ ޕާޓީތައް ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީން ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ ޕާޓީތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އިލެކްޝަންސް ކޮމިޝަނަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވަނީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޫކުރާ ފައިސާ އެޕާޓީތަކަށް ދޫކުރަން ޖެހޭ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް ވިދާޅުވެ، އެމްޑީޕީ އާއި ޖޭޕީ އަދި އަދާލަތު ޕާޓީއަށް އެފައިސާ ނުދީ ހިފެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
9 މާރޗް 2018 | ހުކުރު 10:01
އަދުރު
އަދުރޭއަށްކަދުރުކާންދީބަލަޒަކާތުފައުންޑޭޝަނުން