ކ. މާލެ
|
9 މާރޗް 2018 | ހުކުރު 01:56
އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)
އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)
ރާއްޖެ އެމްވީ
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ނައީމާއްތަގެ އިތުރުން ތިން މީހުން ހައްޔަރުކޮށްފި
ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނި މަޖީދީ މަގާއި ޗާންދަނީ މަގު ކަންމަތިން
މާލޭ ސިޓީ ކައުންސިލް މެމްބަރު އަޒުރާ މޫސާ ވެސް ވަނީ ހައްޔަރުކޮށްފަ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން މާފަންނު މެދު ދާއިރާގެ ކައުންސިލް މެމްބަރު އަޒުރާ މޫސާއާއި، އެމްޑީޕީ އެކްޓިވިސްޓް ނައީމާ މުހައްމަދު (ނައީމާއްތަ)ގެ އިތުރުން އިތުރު ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ކުރި މުޒާހަރާގެ ތެރެއިންނެވެ. ފުލުހުން އެ ހަތަރު މީހުން ވެސް ހައްޔަރުކޮށްފައި ވަނީ އެ ސަރަހައްދުގައި ތިބި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމުގެ ތެރޭގައެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނެވެފައެވެ.

ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދިޔަ މުޒާހަރާއަށް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. އެސަރަހައްދުގައި ތިބި މީހުން ފަހަތަށް ޖެއްސުމަށް ފުލުހުން ވަނީ ޕެޕާސްޕްރޭވެސް ޖަހާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް