ކ. މާލެ
|
9 މާރޗް 2018 | ހުކުރު 01:59
މާޖިދު ހައްޔަރުކޮށްގެން ގެންދަނީ
މާޖިދު ހައްޔަރުކޮށްގެން ގެންދަނީ
ފޭސްބުކް
ކުއްލި ނުރައްކަލުގެ ހާލަތު
ލެކިއުޓް މާޖިދު ހައްޔަރުކޮށްފި
ބެލެވޭ ގޮތުގައި މާޖިދު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން
ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ
މާޖިދު އަކީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑިޕީގެ ކެމްޕޭން މެނޭޖަރ

ފުލުހުން ތަޙްގީގް ކުރަމުންދާ މައްސަލައަކާއި ގުޅިގެން އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ހައްޔަރުކޮށްފިއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބްގެ އެމްޑީޕީގެ ކެމްޕޭން މެނޭޖަރުކަން ކޮށްފައިވާ މާޖިދު ހައްޔަރުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެރޭ އޮލިވް ގާޑެން ރެސްޓޯރަންޓްގައި އޭނާ ހުއްޓައި، އެސްއޯ ފުލުހުން ގޮހެވެ.

އެ މަންޒަރު ފެނުނު މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ މާޖިދު ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ކަމަށް ބެލެވޭކަމަށެވެ. އެއީ މާޖިދު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން ނޫން ކަމަށްވާތީކަމަށް އޭނާ ބުންޏެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.  

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، މާލޭގައި އެއްވުންތައް ބާއްވައި، މާލޭގެ އަމާންކަން ނަގާލުމަށް ބަޔަކު މަސައްކަތްކުރަމުން ދާކަމުގެ މައުލޫމާތު ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުރާސްފަތި ދުވަހު ބުނެފައެވެ. އެކަމާއި ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފުލުހުން ވަނީ ބުރާސްފަތި ދުވަހު 4 މީހަކު ހައްޔަރުކޮށްފައެވެ. އެހެންނަމެވެސް މާޖިދު ހައްޔަރުކުރީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް އަދި ނޭނގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް