ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 22:56
މިރޭ އީވާގެ އެޕާޓްމަންޓް ފުލުހުން ބަލައި ފާސްކުރަނީ
މިރޭ އީވާގެ އެޕާޓްމަންޓް ފުލުހުން ބަލައި ފާސްކުރަނީ
ރާއްޖެ އެމްވީ
އީވާގެ ޓްވީޓް
ގެއިން ގެންދިޔައީ މަންމަގެ ބާ އައިޕެޑް:އީވާ
އެގެ ބަލައި ފާސްކުރީ މިރޭ 7:30 ހާއިރު
ގާތްގަނޑަކަށް 1 ގަޑިއިރު ވަންދެން ބަލައި ފާސްކުރުމަށް ފަހު ދިޔައީ ސާބެ ވެސް ގޮވައިގެން

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ އާއި ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ދިރިއުޅުއްވާ ގެއިން ފުލުހުން ގެންގޮސްފައިވަނީ އީވާގެ މަންމާފުޅުގެ ދުވަސްވީ އައިޕެޑް ކަމަށް އީވާ ވިދާޅުވެއްޖެއެވެ.

މިރޭ ގާތްގަނޑަކަށް 7:30 ހާއިރު އީވާ ދިރިއުޅުއްވާ ހ. ސިސިލްހިޔާ ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. އެގެ ބަލައި ފާސްކޮށްފައި ވަނީ މިއަދު މެންދުރު އެމްޑީޕީ އޮފީހުން ހައްޔަރުކުރި އީވާގެ ފިރިކަލުން ސާބެ ގޮވައިގެން އައިސް އޭނާގެ ވެސް ހާޒިރުގައެވެ.

އޭގެ ފަހުން އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުން އެގެ ބަލައި ފާސްކޮށްފައިވާ ކަމަށާއި އެއަށްފަހު ގެންގޮސްފައިވަނީ އީވާގެ މަންމަގެ ދުވަސްވީ އައިޕެޑް ކަމަށެވެ.
 

 

ސާބެ މިއަދު ހައްޔަރުކޮށް އޭނާގެ އެޕާޓްމަންޓް ޗެކްކޮށްފައިވާއިރު ސާބެގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދާއި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން އިލްހާމް ވެސް ވަނީ މިއަދު ހައްޔަރުކޮށްފައެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ، މާލެ ތެރޭގައި އަލިފާން ރޯކޮށް، މާލެތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުލިބޭ ފަދަ ކަންކަން ވެސް ރާވަމުން ގެންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް