ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 21:03
ފުލުހުން ސާބެއާ އެކު އޭނާގެ ގޭގައި ހަރަކާތްތެރި ވަނީ
ފުލުހުން ސާބެއާ އެކު އޭނާގެ ގޭގައި ހަރަކާތްތެރި ވަނީ
ރާއްޖެ އެމްވީ
ސާބެގެ ގެ ބަލައި ފާސްކުރުން
ހައްޔަރުކުރި ސާބެ ގޮވައިގެން ގޮސް އޭނާގެ ގެ ބަލައި ފާސްކޮށްފި
ސާބެގެ އެޕާޓްމަންޓް ބަލައި ފާސްކުރީ މިރޭ 7:30 ގައި
ސާބެ ވަނީ އަނބުރާ ގެންގޮސްފައި
މައުލޫމާތު ލިބޭ ގޮތުގައި އެގެއިން އެއްޗެއް ނުގެންދޭ

އެމްޑީޕީ އޮފީސް ތެރެއަށް ވަދެ މިއަދު މެންދުރު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ  ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އްބްދުﷲ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ގޮވައިގެން ގޮސް އޭނާގެ އެޕާޓްމަންޓް ބަލައި ފާސްކޮށްފިއެވެ.

ހ. ސިސިލްހިޔާގައި އީވާ އާއި ސާބެ ދިރިއުޅުއްވާ އެޕާޓްމަންޓް މިރޭ 7:30 ހާއިރު ފާސްކުރީ ސާބެގެ ޤާނޫނީ ވަކީލް ހިސާން ހުސައިންގެ ހާޒިރުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަޑިއެއްހާއިރަށް އެއެޕާޓްމަންޓް ޗެކްކުރުމަށް ފަހު ސާބެ ވެސް ގޮވައިގެން ދިޔައިރު އެއްވެސް އެއްޗެއް ގެންގޮސްފައެއް ނުވެއެވެ.

ސާބެ މިއަދު ހައްޔަރުކޮށް އޭނާގެ އެޕާޓްމަންޓް ޗެކްކޮށްފައިވާއިރު ސާބެގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދާއި އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން އިލްހާމް ވެސް ވަނީ މިއަދު ހައްޔަރުކޮށްފައެވެ.

ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ މި އެންމެން ވެސް ހައްޔަރުކޮށްފައި ވަނީ، މާލެ ތެރޭގައި އަލިފާން ރޯކޮށް، މާލެތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުލިބޭ ފަދަ ކަންކަން ވެސް ރާވަމުން ގެންދާ ކަމަށް ޝިފާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް