ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 21:06
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން
ރާއްޖެ އެމްވީ
ކުއްލި ނުރައްކަލުގެ ހާލަތު
މާރާމަރި ހިންގައި، ތަންތަނުގައި ރޯކުރުމަށް ބަޔަކު ވަނީ ރާވައިފައި: ފުލުހުން
މާލޭގެ އެކި ސަރަހައްދުތަކުގައި ރޯކޮށް، މާރާމާރި ހިންގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަށް ބަޔަކު ރާވާފައިވޭ
ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަންގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރާނަން
މިކަންކަން ކުރުމަށް ރާވައިފައިވަނީ މިރެޔާއި މާދަމާރޭ

މިރެޔާއި، މާދަމާ މާލޭގެ އެކި ތަންތަނުގައި ރޯކޮށް، މާރާމާރި ހިންގައި، މާލެގެ އަމާންކަން ނަގާލުމަށް ބަޔަކު ރާވައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. 

އިސްކަންދަރުކޮށީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނިކޮށް، މާލޭގައި އެއްވުންތައް ބާއްވައި، މާލޭގެ އަމާންކަން ނަގާލުމަށް ބަޔަކު މަސައްކަތްކުރަމުން ދާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ރޯކޮށް، މާރާމާރި ހިންގައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމަށް ބަޔަކު ރާވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 

ޝިފާން ވިދާޅުވި ގޮތުގައި މިކަންކަން ކުރުމަށް ރާވައިފައި ވަނީ މިރެޔާއި، މާދަމާގެ ވަގުތުތަކުގައެވެ. އަދި ފުލުހުން ބުރާސްފަތި ދުވަހު ހަތަރު މީހަކު ހައްޔަރުކޮށްފައި ވަނީ އެކަންކަމުގެ ތުހުމަތުގައި ކަމަށް ޝިފާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކަމާ ގުޅުން ހުރި އިތުރު މީހުން ވެސް ހައްޔަރުކުރާނެ ކަމަށާއި، ތަންތަން ބަލައި ފާސްކުރަމުން ވެސް ގެންދާނެ ކަމަށެވެ. 

ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން އަހުމަދާއި ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބާއި މެންބަރު އީވާ އަބްދުﷲ ގެ ފިރިކަލުން އަދި އެމްޑީޕީގެ ކެމްޕެއިން ކޮމެޓީގެ މެމްބަރު އަހުމަދު ޝާހިދު (ސާބެ) އަދި އެޕްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ހުސެން އިލްހާމެވެ.

 

"ފައިސާ ދީގެން މާރާމާރީ ހިންގުމަށް މަސައްކަތްތަކެއް ކުރުމާއި މާލެ ތެރޭގައި އަމަން ނަގާލައި ބިރުވެރިކަން އުފައްދާ، ރާވަމުން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެކަމާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ވަނީ ފަށާފައި" ފުލުހުންގެ ތަރުޖަމާން އަހުމަދު ސިފާން ވިދާޅުވިއެވެ. 

 

ޝިފާން ވިދާޅުވީ ޤާނޫނާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށެވެ. އަދި އެފަދަ އެއްވުންތައް ރޫޅާލާނެ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފުލުހުން ކުރާ ހުރިހާ ކަމެއް ވެސް ކުރަމުން ގެންދާނީ ޤާނޫނު އަސާސީ އާއި ޤާނޫނުގެ އިމުގެ ތެރެއިން ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 މާރޗް 2018 | ބުރާސްފަތި 18:09
po
Intaligant report libey varah ginagoitha hurey eagetherey phonecall massage email meehakuves report agent medhuverikoh etc. Mihurihaakamakaves attend vany mauloomaathu v saafukurumafahu. eaee meehuge Dubai reyvumaka kiyaafa name noon.