ކ. މާލެ
|
9 މާރޗް 2018 | ހުކުރު 10:51
ލިންޗްޕިން އިން ރާއްޖެޓީވީގެ އަންހެން މުވައްޒަފުންނަށް ދިން ހަދިޔާ ހަވާލުކުރުން
ލިންޗްޕިން އިން ރާއްޖެޓީވީގެ އަންހެން މުވައްޒަފުންނަށް ދިން ހަދިޔާ ހަވާލުކުރުން
ރާއްޖެއެމްވީ
އަންހެނުންގެ ދުވަސް
އަންހެނުންގެ ދުވަހާ ދިމާކޮށް ލިންޗްޕިންގެ ފަރާތުން ރާއްޖެޓީވީގެ އަންހެން ކަނބަލުންނަށް ހާއްސަ ހަދިޔާއެއް!
ލިންޗްޕިންގެ ފަރާތުން މި ހަދިޔާތައް އަންހެން ކަނބަލުންނަށް ހަވާލު ކުރީ ރާއްޖެޓީވީގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުން

ކޮންމެ އަހަރެއްގެ މާރޗް މަހުގެ 8 ވަނަ ދުވަހަކީ އިޤްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އަދި އިޖްތިމާއީ ގޮތުން އަހެނުންގެ ދައުރު ފާހަގަކޮށް އަންހެނުންނަށް ކުރެވޭ އަނިޔާ ހުއްޓުވުމަށާއި އަންހެނުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަ ކުރެވޭ އަންހެނުންގެ ދުވަހެވެ.

މި ދުވަހާ ގުޅުވައިގެން ލިންޗްޕިންގެ ފަރާތުން ރާއްޖެޓީވީގެ ހީވާގި އަންހެން ކަނބަލުންނަށް ވަނީ ހަދިޔާ ދީފައެވެ. އެގޮތުން މި ހަދިޔާ ސެޓްގައި ހިމެނެނީ "ޝީ" ބްރޭންޑްގެ ސެންޓު ފުޅިއަކާއި ލޯޝަން ފުޅިއެއް އަދި ބޮޑީ ސްޕްރޭ ފުޅިއެކެވެ. މީގެ އިތުރުން ލިންޗްޕިންގެ ފަރާތުން ވަނީ އަންހެން ކަނބަލުންނަށް މާ ވެސް ހަދިޔާކޮށްފައެވެ.

ލިންޗްޕިންގެ ފަރާތުން މި ހަދިޔާތައް އަންހެން ކަނބަލުންނަށް ހަވާލުކޮށްދިނީ ރާއްޖެޓީވީގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންނެވެ.

ލިންޗްޕިންގެ ފަރާތުން ބުނީ ރާއްޖެޓީވީގެ އަންހެން ކަނބަލުންނަށް މި ހަދިޔާތައް ދޭން ނިންމީ އަންހެން ކަނބަލުންގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.

މި ދުވަސް ބައިނަލަޤްވާމީ ގޮތުން ފާހަގަކުރަމުންދާއިރު ރާއްޖޭގެ އެކި އޮފީސްތަކާއި މުއައްސަސާތަކުގައި ވެސް މި ދުވަސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ތަފާތު ހަރަކާތްތައް ހިންގާފައިވާ އިރު އަންހެން މުވައްޒަފުންގެ އަގު ވަޒަންކޮށް ހަދިޔާ ދިނުން ފަދަ ކަންކަން ކޮށްފައި ވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
8 މާރޗް 2018 | ބުރާސްފަތި 17:01
kabalun
raa tv ga anhen kabalunna firihen kanbalun ulheytha