ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 14:59
ކ.ވ: ދ.މީދޫ، ބީޗްހައުސް، މުޙައްމަދު އަޝްރަފް (36އ) އާއި ހދ.ނޭކުރެންދޫ، ކުރި، އާދަމް ޝިފާޢު (30އ)
ކ.ވ: ދ.މީދޫ، ބީޗްހައުސް، މުޙައްމަދު އަޝްރަފް (36އ) އާއި ހދ.ނޭކުރެންދޫ، ކުރި، އާދަމް ޝިފާޢު (30އ)
މޯލްޑިވްސް ޕޮލިސް ސާރވިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ
މި ދެ މީހުން ހޯދަމުންދަނީ ސިވިލް ކޯޓުގައި ކުރިއަށްދާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެމީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ސިވިލް ކޯޓުގެ މި އަމުރާއި ގުޅިގެން ހޯދަމުންދަނީ ދ.މީދޫ، ބީޗްހައުސް، މުހައްމަދު އަޝްރަފް (36އ) އާއި ހދ.ނޭކުރެންދޫ، ކުރި، އާދަމް ޝިފާއު (30އ) ކަމަށެވެ.

ފުލުހުން ބުނީ އަޝްރަފް  ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 މާރޗް 15 ވަނަ ދުވަހުގެ 10:40 އަށް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

ޝިފާއު ހޯދަމުންދަނީ، ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން 2018 މާރޗް 15 ވަނަ ދުވަހުގެ 11:40 އަށް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރަކާ ގުޅިގެން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް