ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 14:39
މިދިޔަ އަހަރު ބޭއްވި ރެހެންދި އެވޯޑުގެ ރަސްމިއްޔާތު. ފައިލް
މިދިޔަ އަހަރު ބޭއްވި ރެހެންދި އެވޯޑުގެ ރަސްމިއްޔާތު. ފައިލް
ފޭސްބުކް
ރެހެންދި އެވޯޑް
 ރެހެންދި އެވޯޑް 3 ފަރާތަކަށް ލިބިއްޖެ
ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައި ވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދު
ރެހެންދި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން

މިފަހަރުގެ ރެހެންދި އެވޯޑް 3 ފަރާތަކަށް ލިބިއްޖެއެވެ.

އެގޮތުން މިއަހަރު މި އެވޯޑް ލިބުނީ ހ. މާހާ އައިމިނަތު ވަހީދާ އާއި، ޅ. ނައިފަރު، ސީސައިޑް، ފާތުމަތު ނަޝްވާއާއި، ނ. ކުޑަފަރީ ލަކީ ކޯނާ، ޒޫނާ ނަސީމް އަށެވެ.

އާމިނަތު ވަހީދާ އަކީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ބްލަޑް ސާވިސަސްގެ ޑިރެކްޓަރެވެ. ފާތުމަތު ނަޝްވާ އަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޕެކްޓާ އޮފް ޕޮލިސްގެ މަގާމު ހުންނެވި ކަނބަލެކެވެ. ޒޫނާ ނަސީމް އަކީ 23 އަހަރު ޑައިވިންގެ ދާއިރާއަށް ޚިދުމަތް ކޮށްފައިވާ އަދި މިހާރު ވެސް އެދާއިރާގައި މަސައްކަތް ކުރާ ކަނބަލެކެވެ.

ރެހެންދި އެވޯޑް ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ހިއްސާ ކުރާ އަގުހުރި މަސައްކަތްތަކާއި އާދާޔާހިލާފު ބޮޑެތި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރުން  ގައުމީ ހިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމާއި  އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފުކޮށް، އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުން ކަމަށް ޖެންޑަރ މިނިސްޓްރީން ހާމަކުރެ އެވެ.

ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލު ކޮށްދެއްވާފައިވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

ޖެންޑަރ މިނިސްޓްރީން އިސްނަގައިގެން ދެމުންގެންދާ ރެހެންދި އެވޯޑް ދޭން ފަށާފައި ވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް