ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 13:21
ރައީސް ނަޝީދު: އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި
ރައީސް ނަޝީދު: އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި
އޭޕީ
ކުރީގެ ރައީސް ނަޝީދު
މައިބަނދައިގެ ރިހުން ރަނގަޅުވެއްޖެ، އެނބުރި ރާއްޖެ އަންނާކަށް ނާނގާ: ރައީސް ނަޝީދު
ޔާމީން ވެރިކަމުގައި ހުއްޓަސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި
ވާދަ ކުރައްވާނީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ވިދާޅުވި
ބޭސްފަރުވާ ނިމުނުކަން ސަރުކާރަށް އެންގެވި ކަމަށް ވެސް ވިދާޅުވި

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާއަށް ވަޑައިގެންނެވި ކަންކަން ފުރިހަމަ ކުރުމުން، މައިބަނދައިގެ ރިހުން ވެސް ރަނގަޅުވެފައިވާ ކަމަށާއި އެނބުރި ރާއްޖެވަޑައިގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އަދިވެސް އަންގާފައި ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ހަކުރުބަލީގެ މީހެއް ނޫން ކަމަށާއި އަދި ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ މައްސަލައެއް ވެސް ކުރިމަތިވެވަޑައިގެންފައި ނެތް ކަމަށެވެ. ސިއްހަތު ރަނގަޅު ކަމަށާއި ނަމަވެސް މައި ބަނދައިގައި ރިހުމަށް ފަރުވާ ހޯދި ފަހުން އެކަން ވެސް ރަނގަޅު ކަމަށާއި ކަސްރަތުކޮށް ހެދުމުން ވެސް މައްސަލައެއް ފާހަގަ ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

"ހަމައެކަނި އަޅުގަނޑު ހުންނަނީ ބުރަކަށީގައި، މައި ބަނދައިގައި ހުންނަ ރިހުމެއް. މިހާރު މި ފަރުވާ ލިބުނު ފަހުން، ވަރަށް ރަނގަޅު. ކަސްރަތުކޮށް އުޅުނީމަ އަޅުގަނޑު ދެކޭ ގޮތުގައި ނުފެނޭ މާ ބޮޑު މައްސަލައެއް،" ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންކަން ނިމިފައިވާތީ، އެކަން ކަރެކްޝަނަލް ސާވިސަށް އަންގަވާފައިވާ ކަމަށާއި ނަމަވެސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް އެމަނިކުފާނަށް އަންގަވާފައި ނުވާ ކަމަށެވެ.

"އަދިވެސް އަޅުގަނޑު ގާތަކު އެއްފަހަރަކު ވެސް ވިދާޅެއް ނުވޭ ކަރެކްޝަނަލް ސާވިސަސްއަކުން ވެސް އެނބުރި އައުމަކަށް. އަޅުގަނޑު ބޭސްފަރުވާ ނިމުނު ވާހަކަ ކަރެކްޝަންގައި ދަންނަވާފައި ވާނީ. ދެން އަޅުގަނޑު ކައިރީ އެނބުރި އައުމަކަށް އެއްވެސް ފަހަރަކު ނުބުނުއްވާ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވާދަ ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާއި ގުޅިފައިވާ ޕާޓީތަކާއެކު މަސައްކަތްކުރާއިރު، އިންތިހާބުގައި ވާދަކުރާނެކަން ހާމަކުރާނީ ޕާޓީތަކާއެކު މަޝްވަރާކޮށް، އެއްބަސްވުމަކަށް އާދެވިގެން ކަމަށެވެ.

"އާދެ އަޅުގަނޑު ބޭނުން ވާދަކުރަން. އެކަމަކަށް ޝައްކެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެން އެކަން ކުރަން ޖެހޭނީ މަޝްވަރާ ކުރެވިގެން، އެއްބަސްވުމަކަށް އާދެވިގެން،"

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނެވިޔަސް، އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ވެރިކަމުގައި ހުންނަވާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"މާލެ އަޅުގަނޑު ދާނަން. ރާއްޖެ އަޅުގަނޑު ދާނަން. ރައީސް ޔާމީން ވެރިކަމުގައި ހުންނެވިޔަސް އަޅުގަނޑު ރާއްޖެ ދާނަން. އެކަމަކު އަޅުގަނޑަކަށް ނުފެނޭ ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ ތަނެއް. އަޅުގަނޑު ރާއްޖ ދާނަަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އިއްތިހާދު މިހާރު މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ ގުޅިފައިވާ ޕާޓީތައް އެކީގައި. އަޅުގަނޑުމެން އެ ޕާޓީތަކާ މަޝްވަރާކޮށްގެން، އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ މިސްރާބު ރަނގަޅު ރީތި ގޮތަކަށް ސާފު ކަނޑައެޅިގެން ރައްޔިތުންގެ ފައިދާއަށް ރައްޔިތުންގެ އެދުންތައް ފުއްދައިދެވޭ ހެޔޮވެރިކަމެއް ގާއިމު ކުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
8 މާރޗް 2018 | ބުރާސްފަތި 09:24
Nanuja
Kale akah nukereyne raees yaameen huttaa annaaakah Kale gennan ves neynumeh noon ayas dhaagothah golhiah
8 މާރޗް 2018 | ބުރާސްފަތި 09:24
Hame
Kale nayas varihama