ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 12:33
މިއަދު ހައްޔަރުކުރި ތިން މީހުން، ސާބެ، ހަސަންޓޭ އަދި އިލްޔާސް
މިއަދު ހައްޔަރުކުރި ތިން މީހުން، ސާބެ، ހަސަންޓޭ އަދި އިލްޔާސް
އެމްޑީޕީ
އެެމްޑީޕީ
އެމްޑީޕީގެ އޮފީހަށް ފުލުހުންވަދެ އިސްވެރިންތަކެއް ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ އިލްޔާސް ލަބީބު، ސާބެ އަދި ހަސަންޓޭ
އެސްއޯއީގެ ދަށުން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ ބަޔަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފަ

އެމްޑީޕީގެ އޮފީހަށް ސްޕެޝަން އޮޕަރޭޝަން (އެސްއޯ) ފުލުހުން ވަދެ، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބަޔަކު ހައްޔަރު ކޮށްފި އެވެ.

އެމްޑީޕީގެ އިސްވެރިންތަކެއް ހައްޔަރު ކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށް ބުރާސްފަތި ދުވަހުގެ މެންދުރު މިވަނީ އެސްއޯ ފުލުހުންތަކެއް އެމްޑީޕީގެ އޮފީހަށް ވަދެފައެވެ. އަދި އެވަގުތު އެ އޮފީހުގައި ތިއްބެވީ ބައެއް ފަރާތްތަކުގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރިން ކުރެއްވި އިލްޔާސް ލަބީބުއާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަސަން މުހައްމަދު ވަނީ ހައްޔަރު ކޮށްފައެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީގެ އޮފީހަށް ވަދެ މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެކުރިން ވަނީ އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒުއާއި ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރު ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެސްއޯ ފުލުހުން އެމްޑީޕީގެ އޮފީހަށް ވަދެ އެ މީހުން ހައްޔަރު ކުރީ ސްޓޭޓް އޮފް އެމަޖެންސީގެ ދަށުން ނެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް