ކ. މާލެ
|
8 މާރޗް 2018 | ބުރާސްފަތި 07:18
ސުޕްރީމް ކޯޓު ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
ސުޕްރީމް ކޯޓު ސަރަހައްދުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ
މުހައްމަދު ޝަރުހާން
ޔޫއެންއެޗްއާރުސީ
ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއް ބަދަލު ކުރަންޖެހޭ: ޒައިދު
ރާއްޖޭގެ ހާލަތާ ގުޅޭ ގިނަ ކަންކަން ފާހަގަކުރެއްވި
ގާނޫނީ ވެރިކަމެއް ހިންގުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސް
ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ފަތުރުވެރިކަމަށް ބޮޑު އަސަރެއް ކުރާނެ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރާ ގުޅިގެން ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއް ބަދަލު ކުރުމަށް އދގެ ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ހުސައިން ގޮވާލައްވައިފި އެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރ މިގޮތަށް ގޮވާލައްވާފައިވަނީ، 37 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި އަހަރީ ރިޕޯޓް އިއްވަވަމުންނެވެ.

މި ރިޕޯޓްގައި އިންސާނީ ހައްގުތަކާއި ގުޅިގެން ގިނަ ގައުމުތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ އިރު ރާއްޖެއާ ގުޅޭ ގޮތުންވެސް އެ ކޮމިޝަނުގެ ގިނަ ކަންބޮޑުވުންތަކެއް ފާހަގަކޮށްފައިވެ އެވެ.

ސިޔާސީ ގޮތުން ދައުވާކޮށް ހުކުމްކޮށްފައިވާ ނުވަ ބޭފުޅަކު ދޫކޮށްލުމަށާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި އަމުރަށް އަމަލު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ކަމަށް ޒައިދު ފާހަގަކުރެއްވި އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ގިނަ ހައްގުތަކެއް ހިފަހައްޓާފައިވާތީ ކަންބޮޑުވާ ކަމަށް ހައި ކޮމިޝަނަރ ވިދާޅުވި އެވެ.

ސަރުކާރުން އެޅި ފިޔަވަޅުގެ ތެރޭގައި 82 އަހަރުވެފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކުރުމާއި މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމުގެ އިތުރަށް އުއްތަމަ ފަނޑުޔާރު އަބްދުﷲ ސައީދު ހައްޔަރުކުރުން ހިމެނޭ ކަމަށް ޒައިދު ވިދާޅުވި އެވެ.

ރާއްޖޭގައި ގާނޫނުގެ ވެރިންކަން ހިންގުމަށް ހުރި ހުރަސްތަކަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި ގާނޫނީ ވެރިކަމެއް ހިންގުމަކީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސް ކަމަށް ޒައިދު ވިދާޅުވި އެވެ.

ޒައިދު ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތުގެ  ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނޭދެވޭ އަސަރުތައް ކުރުމުންދާ ކަމަށާއި މިކަންކަން ހައްލު ކުރުމަށް ސަރުކާރުން މި އެޅި ހުރިހާ ފިޔަވަޅުތަކެއް ބަދަލު ކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
8 މާރޗް 2018 | ބުރާސްފަތި 09:17
ޖަމާލު
ސުޕްރިމް ކޯޓްގެ ކުރިމަތިން އެ ފެންނަ ސިފައިންގެ ސޮރަކީ ކޮންމެ ރެއަކު އެމް އެންޑީ އެފް ގެ ވެހިކަލް ގައި ބުރުޖަހާ އިދިކޮޅު ހަރަކާތް މޮނިޓަރ ކުރާ ސޮރެއް