ކ. މާލެ
|
7 މާރޗް 2018 | ބުދަ 22:25
ސިފައިން: އިސް އޮފިސަރުން ހައްޔަރު ކުރާކަމުގެ އަޑު ވަނީ ގަދަވެފައި
ސިފައިން: އިސް އޮފިސަރުން ހައްޔަރު ކުރާކަމުގެ އަޑު ވަނީ ގަދަވެފައި
މުހައްމަދު ޝަރުހާން
އެމްއެންޑީއެފް
ސިފައިންނާމެދު އަޅާ އިދާރީ ފިޔަވަޅުތަކަކީ މީޑިޔާއަށް ހިއްސާ ކުރާ މައުލޫމާތެއް ނޫން:އެމްއެންޑީއެފް
ސިފައިންނާމެދު އަޅާ އިދާރީ ފިޔަވަޅެއް މީޑިއާއަކަށް ހާމައެއް ނުކުރާނެ
ސިފައިންގެއިން ވަކިވާ މީހުންގެ މައުލޫމާތެއްވެސް ހިއްސާއެއް ނުކުރަން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ މުވައްޒަފުންނާމެދު އަޅަމުންދާ އިދާރީ ފިޔަވަޅުތަކަކީ މީޑިއާއަށް ހިއްސާ ކުރާ މައުލޫމާތެއް ނޫން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިހެން ހާމަ ކުރެއްވީ ރާއްޖެ އެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކެޕްޓަން މުހައްމަދު ނިޔާޒް  ހައްޔަރުކޮށްފި ކަމަށް ވާހަކަ ދެކެވޭ ކަމަށާއި އެއީ ހަޤީގަތެއްތޯ ރާއްޖެ އެމްވީން ދެންނެވުމުން އެމްއެންޑީއެފްގެ ތަރުޖަމާން ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެމްއެންޑީއެފްގެ މުވައްޒަފުންނާ މެދު އަޅަމުންދާ އިދާރީ ފިޔަވަޅުތަކާ ބެހޭ މައުލޫމާތާއި އެކިއެކި ސަބަބުތަކާ ހުރެ ސިފައިންގެ ވަޒީފާއިން ވަކިވާ މުވައްޒަފުންގެ މައުލޫމާތަކީ މީޑިއާއަށް ހިއްސާ ކުރާ މައުލޫމާތެއް ނޫން ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު އަނެއްކާވެސް ސިފައިންގެ އިތުރު އޮފިސަރަކު ހައްޔަރުކުރިކަމުގެ އަޑު ވަނީ ފެތުރިފައެވެ.

އަޑު ފެތުރުމުގެ އިތުރުން ސޯޝަލް މީޑިޔާގައިވެސް ދައުރުވަމުންދާ ފޮޓޯއަކުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކެޕްޓަން މުހައްމަދު ނިޔާޒެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫ ފުރާތު މުހައްމަދު ނިޔާޒަކީ 2016 ވަނަ އަހަރު ޗައިނާ އާރމީ އިންޖިނިއަރިން އެކަޑަމީން ހިންގި އިންޖިނިއަރ ބްރިޖިން ކޮމާންޑް ކޯހުން 1 ވަނަ ހާސިލް ކޮށްފައިވާ ބޭފުޅެކެވެ.

ކެޕްޓަން ނިޔާޒް ހައްޔަރުކޮށްފައިވާ ކަމުގެ އަޑު ފެތުރިފައި މިވަނީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހައްޔަރު ކުރާ ކަމަށާއި ބައެއް މީހުން ވަޒީފާއިން އެކަހެރިކޮށް އެމްއެންޑީއެފް އެތެރޭގައި ބަހައްޓައިގެން ތަހުގީގް ކުރަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަދި އެސްޕީޖީގެ ހަތަރު މީހަކު ސިފައިންގެ ވަޒީފާއިން ވެސް ވަކިކޮށްފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 މާރޗް 2018 | ބުދަ 20:19
Nix
vazeefa in dhurukoffa sifain beythibbumuge record onnaamee Anni sarukaaruga.