ކ. މާލެ
|
7 މާރޗް 2018 | ބުދަ 22:04
ސަފީރު ޝިޔާން (ވ) ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކްއާ އެކު
ސަފީރު ޝިޔާން (ވ) ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކްއާ އެކު
ޑިޕްލޮމެޓް މެގަޒިން
ރާއްޖެ-އިނގިރޭސިވިލާތް
ޝިއާންއާ ބައްދަލުކޮށް ރާއްޖޭގެ ހާލަތާއި މެދު އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެއާ ގުޅޭގޮތުން އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ވެސް ވަނީ މަޝްވަރާކޮށްފައި

ރާއްޖޭގެ ހާލަތާއި މެދު ވިލާތުގެ އިއްތިހާދަށް ކަނޑުއަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ޝިޔާންއާ މަޝްވަރާކޮށް އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް ކުރެއްވި ޓްވީޓެއްގައި ވަނީ ޝިއާންއާ ބައްދަލުކުރެއްވުމަށް ފަހު ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި އަސާސީ ހައްގުތައް ވީހާ ވެސް އަވަހަށް ފޯރުކޮށްދިނުމަށާއި ސުލްހަވެރި ހައްލެއް ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމަށް ހޯދުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ވެސް ފީލްޑްގެ ޓްވީޓުގައިވެއެވެ. ހަމައެހެންމެ މިވަގުތު އެންމެ މުހިންމު ކަމަކީ ރާއްޖެއަށް ދަތުރުކުރާ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ވެސް ފީލްޑްގެ ޓްވީޓުގައި ފާހަގަކުރައްވާފައިވެއެވެ.

އިނގިރޭސި މިނިސްޓަރަކު ރާއްޖޭގެ ސަފީރަކާއި ބައްދަލުކޮށްފައިވާއިރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ ރައީސް ޔާމީނާއި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. މި މައްސަލަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒްގެ މަޤާމު ކުރިން އަދާކުރައްވާފައިވާ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ހޫގޯ ސްވަޔަރއެވެ. ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅޭގޮތުން ސްވަޔަރ ވަނީ އިނގިރޭސި ސަރުކާރަށް ހަތް ކަމެއް ހުށަހަޅުއްވާފައެވެ.  

މި މައްސަލައާއި ގުޅިގެން ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މާކް ފީލްޑް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުން މިހާރު ކަން ކުރަމުން ގެންދަވާ ގޮތް ކުށްވެރި ކުރައްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް