ކ. މާލެ
|
7 މާރޗް 2018 | ބުދަ 20:57
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ފަށާއިރު
މާދަމާގެ ފަށާއިރު ޕްރޮގްރާމްގެ މެހުމާނަކަށް ރައީސް ނަޝީދު
ނަޝީދު ބެލުންތެރިންނާއި ބައްދަލުކުރައްވާނީ ޕްރޮގްރާމްގެ ތެރެއިން ހެނދުނު 8:30 ގައި
މިހާރުގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި މެދު ވަނީ ވާހަކަ ދައްކަވާފަ
ރައީސް ނަޝީދު ވަނީ އަމިއްލަ ބައެއް ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފަ

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ޚާއްސަ މެހުމާނެއްގެ ގޮތުގައި މާދަމާ ހެނދުނު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވާނެއެވެ.

އަވަށްޓެރި ސްރީލަންކާގައި ހުންނަވައިގެން އެމަނިކުފާނު މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވާއިރު، މިހާރުގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި މެދުގަޔާއި، އެމަނިކުފާނުގެ އަމިއްލަ ބައެއް ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާނެއެވެ. ރައީސް ނަޝީދު ބެލުންތެރިންނާއި ބައްދަލުކުރައްވާނީ ޕްރޮމްގެ ތެރެއިން ހެނދުނު 8:30 ގައެވެ.

ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އަދި ފަށާއިރު ޕްރޮގްރާމްގެ ޕްރެޒެންޓަރ އާމިރު ސަލީމް ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް އިއްވެވި 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް ޖަލުގައި ހުންނެވި ދުވަސްތަކުގައި އެމަނިކުފާނަން ކުރެއްވުނު ތަޖްރިބާގެ ވާހަކަ ހިއްސާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް