ކ. މާލެ
|
7 މާރޗް 2018 | ބުދަ 21:31
ކެޕްޓަން ނިޔާޒް: ހައްޔަރު ކުރިކަމުގެ އަޑު ދަނީ ފެތުރެމުން
ކެޕްޓަން ނިޔާޒް: ހައްޔަރު ކުރިކަމުގެ އަޑު ދަނީ ފެތުރެމުން
އަހުމަދު މުހުސިނު
ސިފައިންގެ އޮފިސަރުން
އަނެއްކާވެސް ސިފައިންގެ އިތުރު އޮފިސަރަކު ހައްޔަރުކުރިކަމުގެ އަޑު ފެތުރިއްޖެ
އެމްއެންޑީއެފްގެ ބަހެއް ލިބިފައެއް ނުވޭ.
ނިޔާޒް ހައްޔަރު ކުރިކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައިވެސް ދަނީ ދައުރުވަމުން

އަނެއްކާވެސް ސިފައިންގެ އިތުރު އޮފިސަރަކު ހައްޔަރުކުރިކަމުގެ އަޑު ފެތުރިއްޖެއެވެ.

އަޑު ފެތުރުމުގެ އިތުރުން ސޯޝަލް މީޑިޔާގައިވެސް ދައުރުވަމުންދާ ފޮޓޯއަކުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ކެޕްޓަން މުހައްމަދު ނިޔާޒެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫ ސިޓީ ހިތަދޫ ފުރާތު މުހައްމަދު ނިޔާޒަކީ 2016 ވަނަ އަހަރު ޗައިނާ އާރމީ އިންޖިނިއަރިން އެކަޑަމީން ހިންގި އިންޖިނިއަރ ބްރިޖިން ކޮމާންޑް ކޯހުން 1 ވަނަ ހާސިލް ކޮށްފައިވާ ބޭފުޅެކެވެ.

ކެޕްޓަން ނިޔާޒް ހައްޔަރު ކޮށްފައިވާ ކަމުގެ އަޑު ފެތުރިފައި މިވަނީ ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ހައްޔަރު ކުރާ ކަމަށާއި ބައެއް މީހުން ވަޒީފާއިން އެކަހެރިކޮށް އެމްއެންޑީއެފް އެތެރޭގައި ބަހައްޓައިގެން ތަހުގީގު ކުރަމުންދާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އަދި އެސްޕީޖީގެ ހަތަރު މީހަކު ސިފައިންގެ ވަޒީފާއިން ވެސް ވަކިކޮށްފައި ވަނިކޮށެވެ.

ކެޕްޓަން ނިޔާޒް ހައްޔަރު ކުރުމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
9 މާރޗް 2018 | ހުކުރު 11:10
ނަޖްވާ
މިހާރު ދެން އެގެން ވެއްޖެ އެންނު ޑިސެންޓް އެބަ އުޅޭ ކަން އެންމެ މަތިން ފެށިގެން!