ކ. މާލެ
|
7 މާރޗް 2018 | ބުދަ 18:51
ހައުސިންގ މިނިސްޓްރީގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން
ހައުސިންގ މިނިސްޓްރީގެ ޕްރެސް ކޮންފަރެންސެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ސަރުކާރުގެ ކޯޑިނޭޓަރުން
ހައުސިން މިނިސްޓްރީގެ ދެ ކޯޑިނޭޓަރަކު ވަޒީފާއިން ވަކިކޮށްފި
ހައުސިންގ މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ނުލިބޭ
ވަކިކުރީ އަޖްވަދާއި ނާސިރު

ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަޤާމެއްގައި ތިބި ދެ ކޯޑިނޭޓަރަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފިއެވެ.

ރާއްޖެ އެމްވީއަށް ވަރަށް މުއުތަބަރު ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި ވަޒީފާއިން ވަކިކޮށްފައިވާ ދެ ކޯޑިނޭޓަރުންނަކީ އަޖްވަދު މުހައްމަދު ކިޔާ ކޯޑިނޭޓަރަކާއި ނާސިރު ކިޔާ ކޯޑިނޭޓަރެކެވެ.

ރާއްޖެ އެމްވީއަށް ކަށަވަރުވެފައި ވީނަމަވެސް ހައުސިންގ މިނިސްޓްރީގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މި ދެ ކޯޑިނޭޓަރުން ވަޒީފާއިން ވަކިކޮށްފައި މިވަނީ ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު އަމުރު ތަންފީޒް ނުކޮށް ސަރުކާރުން ހިންގަމުންދާ ކުއްލި ނުރައްކަލުގެ ޙާލަތާ ދެކޮޅު ކަމަށް ސަރުކާރުގެ ސިޔާސީ ބައެއް ބޭފުޅުން ވެސް ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި ބައެއް ބޭފުޅުން އަމިއްލައަށް އިސްތިއުފާ ދެމުންދާ ދުވަސްވަރެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 މާރޗް 2018 | ބުދަ 19:43
Hamadhu
Mi 2 meehun vakikuree evves siyaasee kameh ga nun ethereyge corruption kanthah gadu ga. Vedhaane fen mathi vegen ulhey olhuvaalaigen flat dhey kanthakahves