ކ. މާލެ
|
7 މާރޗް 2018 | ބުދަ 18:19
ހައުސިންގް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ހައުސިންގް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
މުހައްމަދު ޝަރުހާން
ހައުސިންގް މިނިސްޓްރީ
ފްލެޓްދޭނެ ކަމަށް ބުނެ ފައިސާ ނަގާ މައްސަލައެއް ބަލަނީ
ބައެއް ފަރާތްތަކުން ފެލްޓް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގާ
ފުލެޓްގެ ސައްހަ ނޫން ރަޖިސްޓްރީ ހަދައިދޭކަން އެނގިފައިވޭ
ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މައްސަލަ ބަލަނީ

ފްލެޓުދޭނެ ކަމަށް ބުނެ ހައުސިންގް މިނިސްޓްރީގެ ނަމުގައި އާންމުންގެ އަތުން ފައިސާ ނަގާ މައްސަލައެއް ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ބަލަމުންދާ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފިއެވެ.

ހައުސިންގް މިނިސްޓްރީން ބުދަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އެ މިނިސްޓްރީގެ ނަމުގައި، ބައެއް ފަރާތްތަކުން ފެލްޓް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގައި، ފެލްޓްގެ ސައްހަ ނޫން ރަޖިސްޓްރީ ހަދައިދޭކަން އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުންދާ ކަމަށް ހައުސިންގް މިނިސްޓްރީން ބުންޏެވެ.

އެފަދަ ކަންކަމަކީ ރައްޔިތުންގެ ޙައްގުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވެފައި، މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ވެސް ފަރުނުޖެއްސޭވަރުގެ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ، އެއްވެސް ބޭފުޅަކު އެފަދަ ކަމެއްގައި ބައިވެރިވަޑައިނުގަތުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އެކަމުގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުވައްސަސާތަކަށް ވެސް ހައުސިންގ މިނިސްޓްރީން ދަންނަވާފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފަވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ގެދޮރުވެރިކަމުގެ އެކި މަޝްރޫއުތަކުގެ ދަށުން މިނިސްޓްރީން ފްލެޓްތައް ދޫކުރަމުން ދަނީ އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކާއި، ގައިދުތަކާ އެއްގޮތަށް ކަމަށާއި، އެނޫން ގޮތަކަށް އެއްވެސް ފަރާތަކަށް ފްލެޓެއް ދޫނުކުރާ ކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް