ކ. މާލެ
|
7 މާރޗް 2018 | ބުދަ 17:36
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ފަނޑިޔާރުންގެ ޤާނޫނު
ގެންނަ އިސްލާހަކުން ރަހީނުކޮށްފައިވާ ފަނޑިޔާރުންނަކަށް އަދަބެއް ކަނޑައެއްނޭޅޭނެ: ގާސިމް
ރައީސް ޔާމީނާއި މަސީހަށް ގާސިމް ވަނީ ބަހުގެ ހަމަލާތަކެއް ދެއްވާފަ
ޖޭއެސްސީއާއި މަޖިލީހަށް ދީފައިވާ ބާރުތަކަށް ކަނޑުވާލަނީ ކިހިނެއްތޯ ވެސް ސުވާލު އުފެއްދި
ފަނޑިޔާރުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް

ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުން މިހާރު ގެންނަ އިސްލާހަކުން ގާނޫނު އަސާސީއާއި ހިލާފަށް "ރަހީނު" ކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ، ފަނޑިޔާރު އަލީ ހަމީދަށް އަދަބެއް ކަނޑައެއް ނޭޅޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަރުމަނު ވިލާތުގައި ހުންނަވާ ގާސިމް އިބްރާހިމް ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަކަށް ގެންނަ އިސްލާހަކުން މިހާރު "ރަހީނުކޮށްފައިވާ" ދެ ފަނޑިޔާރުންނަށް އަދަބެއް ކަނޑަނޭޅޭނެ ކަމަށެވެ. އަދި ޖޭއެސްސީއާއި މަޖިލީހަށް ދީފައިވާ ބާރުތައް ކަނޑުވާލާނީ ކިހިނެތްތޯ ގާސިމް ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން ގާސިމް ވަނީ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ވެސް ބަހުގެ ހަމާލާތަކެއް ދެއްވާފައެވެ. ގާސިމްގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީނާއި މަސީހު ތިއްބެވީ "މޮޔަވެފައި" ކަމަށެވެ.

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފިނަމަ، އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ އެ ބިލުގައި ލިޔުއްވާފައި ވަނީ ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ކުރާ ހުކުމަކާ ގުޅިގެން، އެ ފަނޑިޔާރަކާ މެދު އަމަލުކުރާނެ އިޖުރާއަތު ފަނޑިޔާރުން ގާނޫނުގައި ބަޔާންކޮށްފައި ނުވާތީ، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެ ފަނޑިޔާރަކާ މެދު އަމަލު ކުރާނެ އިޖުރާއަތު ކަނޑައެޅުމަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް