ކ. މާލެ
|
7 މާރޗް 2018 | ބުދަ 15:43
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު
މޯލްޑިވްސް ޕޮލިސް ސާރވިސް
ސީޕީ އަރީފު
ސީޕީ އަރީފްގެ ވަކީލަކަށް ސިރާޖް އަންޔަންވުމުގެ ފުރުޝަތެއް ނުދިން !
ގާނޫނީ ވަކީލަކަށް އަންޔަންވުމަށް ސިރާޖް އެދުނީ އަރީފްގެ އާއިލާއިން އެދުމުން
އަރީފްގެ ހާލުކޮޅު ރަނގަޅު
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް އަރީފް ވަނީ އިންކާރުކުރައްވާފައި

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ގެ ގާނޫނީ ވަކީލަކަށް މޫސާ ސިރާޖް އަންޔަން ވުމަށް މަސައްކަތް ކުރެއްވުމުން ފުލުހުން އެ ފުރުޝަތު ނުދިން ކަމަށް ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ގާނޫނީ ވަކީލް މޫސާ ސިރާޖް ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ އަރީފްގެ ގާނޫނީ ވަކީލަކަށް އޭނާ އަންޔަން ވުމަށް މަސައްކަތް ކުރީ އަރީފްގެ އާއިލާގެ ފަރާތުން އެދިގެން ކަމަށެވެ. އެހެން ނަމަވެސް ފުލުހުން އެފުރުޝަތު ފަހިކޮށްދީފައި ނުވާ ކަމަށް ސިރާޖް ވިދާޅުވިއެވެ.

ޝިރާޖް މިހެން ވިދާޅުވި އިރު ގާނޫނީ ވަކީލް އިބްރާހިމް ރިއްފަތު ވަނީ ބުދަ ދުވަހުގެ ރޭ އަރީފާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަން ވައްޓާލަން އުޅުނު ކަމަށް އަރީފްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ. އަދި އަރީފް ހުންނެވީ ހެޔޮހާލުގައި ކަމަށާއި އެންމެން ވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކުގެ ބޭނުން ހިފައި، ގާނޫނު ނެގެހެއްޓުމަށް އެދިވަޑައިގެންނެވި ކަމަށް ރިއްފަތުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

މިކަމާއި ކަންބޮޑުވުން ފާޅުކުރަމުން ސިރާޖް ވަނީ ގާނޫނީ ވަކީލުންނަން އުނދަގޫ ނުކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒަށް ގޮވާލައްވާފައެވެ. އަދި ނަވާޒް ހައްޔަރުކޮށްފިނަމަ ނަވާޒުގެ ހައްގުގައި ވަކާލާތުކުރަން ވެސް ތިބޭނީ ގާނޫނީ ވަކީލުންކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް