ކ. މާލެ
|
7 މާރޗް 2018 | ބުދަ 15:22
ވަޒީފާއިން ވަކިކުރި އޮފިސަރުން
ވަޒީފާއިން ވަކިކުރި އޮފިސަރުން
އެކިއެކި މަސްދަރުތައް
ކުއްލި ނުރައްކަލުގެ ހާލަތު
ހައްޔަރު ކުރި އެސްޕީޖީގެ ހަތަރު އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި
ވަކިކުރި ސިފައިންގެ ތެރޭގައި ވަޒީރެއްގެ ބޮޑީގާޑަކު ހިމެނޭ
ސިފައިންގެ ހަތް މީހަކު ވަނީ ހައްޔަރުކޮށްފައި
ހައްޔަރު ކުރި މީހުން ބައިތިއްބާފައި ތިބީ ގިރިފުށީގައި

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ހައްޔަރުކުރި ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ ހަތަރު އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި، ވަޒީފާއިން ވަކި ކުރި އެސްޕީޖީގެ އޮފިސަރުންނަކީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ ކުރީގެ ބޮޑީގާޑު އަހުމަދު ޝާނީޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑީގާޑް ސިމާދު އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ފޯސްގައި ހިމެނޭ އަލީ ސުޖާއު އާއި ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީގެ ބޮޑީގާޑަކަށް އުޅުނު ޝަހީދު އެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެމްއެންޑީއެފްގެ އެސްޕީޖީ ގްރޫޕުގެ ހަތް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ސިފައިންގެ އެސްޕީޖީ ގްރޫޕަކީ ކެބިނެޓް ވަޒީރުންނާއި މަޖިލީހުގެ ރައީސާއި މަޖިލީހުގެ ބައެއް މެމްބަރުންގެ ހަށިފާރަވެރިންގެ މައްޗަށް އެކުލެވޭ ގްރޫޕެކެވެ. އަދި ބައެއް ހާލަތްތަކުގައި ރާއްޖެވަޑައިގަންނަވާ އިއްޒަތްތެރިންނާއި ސަރުކާރުން ކަނޑައަޅާ އެހެނިހެން ފަރާތްތަކަށް ސެކިއުރިޓީ ދިނުމުގައި ވެސް އެސްޕީޖީ ގްރޫޕުގެ ސިފައިން ހަރަކާތްތެރިވެއެވެ.

އެސްޕީޖީގައި ކުރިން މަސައްކަތް ކުރުމަށް ފަހު، މި ސަރުކާރުގެ އިސްވެރިންގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި ހައްޔަރު ކޮށްފައިވާ ސިފައިންގެ ހަތް މީހުން ވެސް ބައިތިއްބައިފައި ތިބީ ސިފައިންގެ ތަމްރީނުތައް ހެދުމަށް ބޭނުންކުރާ ކ. އަތޮޅު ގިރިފުށީގަ އެވެ.

ހައްޔަރުކޮށްފައިވާ ސިފައިންގެ އޮފިސަރުންނާ ބެހޭ ގޮތުން، އެމްއެންޑީއެފުން އެ އާއިލާތަކަށް މައުލޫމާތު ދީފައި ވަނީ ހައްޔަރުނުކުރާ ކަމަށާއި އެ ސިފައިން ތިބީ "ޑިއުޓީ"ގައި ކަމަށެވެ. ނަމަވެސް އާއިލާއަށް ވެސް އެ މީހުންނާ މުއާމަލާތެއް ނުކުރެވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
7 މާރޗް 2018 | ބުދަ 11:43
ތައްކާނު
ވަޒީފާއިން ވަކިކުރާ ސިފައިންނާއި ފުލުހުންނަށް އިދިކޮޅު ފަރާތުން މިވަގުތު އަޅާލުން ވަރަށް މުހިއްމު.
7 މާރޗް 2018 | ބުދަ 11:30
Fa
Saudhubey ge kuhja simad vakikurymaa vvv dheravehje