ކ. މާލެ
|
7 މާރޗް 2018 | ބުދަ 10:43
ސްރީލަންކާގެ މަގުމަތި: އިއްޔެ އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި
ސްރީލަންކާގެ މަގުމަތި: އިއްޔެ އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި
ގޫގުލް
ސްރީލަންކާގައި ކުއްލި ނުރައްކާ
ސްރީލަންކާގައި ތިބި ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި
ކެންޑީގައި ތިބި ދިވެހިން މުހިންމު ހާލަތްތަކުގައި މެނުވީ ގޭގެ އިން ނުނިކުމެ ތިބުމަށް އިލްތިމާސްކުރޭ

މިމަހުގެ 6 ވަނަ ދުވަހު ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވާތީ އެގައުމުގައި ތިބި ދިވެހިން ސަމާލުވުމަށާއި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ސްރީލަންކާ ސަރުކާރުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުގެ އެންގުންތަކާއި ނަސޭހަތްތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލު ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ލަންކާގައި ކުއްލި ހާލަތު އިއުލާން ކުރުމާ ގުޅިގެން އާންމު ހާލަތަށް ރުޖޫއަ ވަންދެން، ލަންކާގައި ދިރިއުޅޭ ދިވެހިން އެކަމަށް ސަމާލުވެ ތިބުމަށް ފޮރިން މިނިސްޓްރީން އިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޚާއްސަކޮށް ސްރީލަންކާގެ ކޭންޑީގެ ބައެއް ހިސާބުތަކުގައި ކާފިއު ހިންގައި، ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާތީ އާންމު ހާލަތު ރުޖޫއަ ވަންދެން ކޭންޑީގައި ދިރިއުޅޭ އަދި އެތާނގައި މިވަގުތު ތިބި އެންމެހާ ދިވެހިން ވަރަށް މުހިއްމު ހާލަތްތަކުގައި މެނުވީ ގެއިން ނުނިކުތުމަށާއި ގޭގައި ތިބުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައި ވެއެވެ.

 

 

ސްރީލަންކާއަކީ ރާއްޖެ އިން ބޭރުގައި އެންމެ ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅޭ އެއް ގައުމެވެ.

ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ވަނީ މުސްލިމުންނާއި ބުދިސްޓުންނާ ދެމެދު ތަޅާފޮޅުންތައް އިތުރުވެގެންދިއުމުގެ ސަބަބުން ކަމަށް މީޑިއާތަކުގައި ވަނީ ބުނެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް