ކ. މާލެ
|
7 މާރޗް 2018 | ބުދަ 09:13
ނޮޅިވަރަމް: ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ ފަތިހުގެ ވަގުތެއްގައި
ނޮޅިވަރަމް: ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ ފަތިހުގެ ވަގުތެއްގައި
މުރުޝިދް އަބްދުލް ހަކީީމް
ދަންޖެހުން
ދަންޖެހިފައި ހުއްޓާ ފެނުނު ޝާހިދާގެ މަރާ މެދު ތުހުމަތުތަކެއް ކުރެވޭތީ، ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
އަމިއްލައަށް ދަންޖެހޭނެ ކަމަށް އާއިލާ އިން ގަބޫލެއް ނުކުރޭ
ފޯސްޓްމޯޓަމް ހަދަން ފޮނުވީ އިންޑިއާ އަށް
ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ ބުރާސްފަތި ދުވަހު

ހދ. ނޮޅިވަރަމުގައި ދަންޖެހިފައި ހުއްޓާ ފެނުނު އެ ރަށު، ޝާހިދާ އަލީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އަންގާރަ ދުވަހުގެ ރޭ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 40 އަހަރުގެ ޝާހިދާއަކީ ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅުނު އަންހެނެކެވެ. ނަމަވެސް ޝާހިދާގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާ ދަންޖެހުނީ އަމިއްލައަކަށް ނޫނެވެ. އެ އާއިލާ އިން ސަބަބެއްގެ ގޮތުގައި ދައްކަނީ އޭނާ ދަންޖެހިފައި ހުރި ވާގަނޑު އައްސާފައި ހުރީ މާ އުހުގައި، އަދި މާ ވަރުގަދައަށް ކަމެވެ. ބާރަ ފޫޓު އުސްތަނެއްގައި އެ ވާގަނޑު އައްސާފައިވާއިރު، އެތަނުގައި އެ ވާގަނޑު އައްސަން އަރާނެ ހަރުގަނޑެއް ނުވަތަ ގޮނޑިއެއް ވެސް އެތަނުގައި ނެތް ކަމަށް އާއިލާ އިން ބުނެއެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މަރާ މެދު ތުހުމަތުތަކެއް ކުރެވޭތީ އޭނާގެ ހަށިގަނޑު މާލެ ގެނައީ އާދީއްތަ ދުވަހުއެވެ.

ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ވިދާޅުވީ ޝާހިދާގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހެދުމަށްޓަކައި ފޮނުވާފައި ވަނީ އިންޑިއާގެ ޓްރިވެންޑްރަމަށް ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ވެސް ޝާހިދާ ގެއްލިގެން އެ ރަށު މީހުން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ އެއް ދުވަސް ފަހުން ވަލު ތެރެއިންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް