ކ. މާލެ
|
7 މާރޗް 2018 | ބުދަ 17:29
އެސްއޯ ފުލުހުންތަކެއް: ޝައްކު ކުރެވޭ ފުލުހުން ވަނީ އެހެން ތަންތަނަށް ފޮނުވާލާފައި
އެސްއޯ ފުލުހުންތަކެއް: ޝައްކު ކުރެވޭ ފުލުހުން ވަނީ އެހެން ތަންތަނަށް ފޮނުވާލާފައި
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ހައްޔަރުކުރަން އުޅޭ ފުލުހުންގެ އަދަދު 40 އަށް، މިހާތަނަށް ހައްޔަކުރީ 8!
ހައްޔަރު ކުރަން އުޅެނީ އަމުރު ތަންފީޒު ކުރަން އުޅުނު ފުލުހުން
ހައްޔަރު ކުރަނީ އިދާރީ ފުލުހުންނާއި އެސްއޯގެ އިތުރުން އޮޕަރޭޝަނަލް ފުލުހުން
ޝައްކު ކުރެވޭ ފުލުހުން ވަނީ އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކަށް ބަދަލުކޮށްފައި

ސަރުކާރުން އަންގައިގެން ފުލުހުންނަށް ކުރަމުންދާ އަމުރުތަކާ ދެކޮޅު ހަދައި، ޖަދަލުކުރާ ކަމުގެ ތުހުމަތުގައި 40 ފުލުހަކު ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭ ކަމަށް ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރަން އުޅޭ ފުލުހުންގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އިދާރީ މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ. އަދި މުޒާހަރާތައް ރޫޅާލުމުގައި އުޅޭ ސްޕެޝަން އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން ވެސް ހިމެނެއެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެއްބަސްވި ފުލުހުންނާއި އެ އަމުރު ތަންފީޒު ކުރުމަށް އިތުރު ފުލުހުންތަކެއް ވަޒީފާއަށް ނެރުމަށް އެންގި އިސް ފުލުހުންނާ މެދު ބައެއް ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ. އެގޮތުން ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭކަން ވެސް ރާއްޖެޓީވީއަށް ވަނީ އެނގިފައެވެ. މިހާތަނަށް ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދު އަށަކަށް އަރައެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ އަމުރަށް ފެބްރުއަރީ 1 ގައި ކިޔަމަންވި ބައެއް ފުލުހުން މިހާރު ވަނީ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށް ބަދަލުކޮށްފައެވެ. ބަދަލު ކުރި ފުލުހުންގެ ތެރޭގައި ގިނަ އަދަދަކަށް އެސްއޯ ފުލުހުން ހިމެނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މުޒާހަރާތައް ރޫޅާލުމުގައި އެސްއޯ ފުލުހުން ނެރުމުގެ ބަދަލުގައި އޮޕަރޭޝަނަލް ޔުނީފޯމް އެޅި ފުލުހުން ދަނީ ތަމްރީނު ކުރަމުންނެވެ. އެސްއޯ ފުލުހުންނާ މެދު ސަރުކާރުގެ އިތުބާރު ކުޑަވެ، އެ ޕްލެޓޫންނުން ގިނަ އަދަދެއްގެ ފުލުހުން އެކަހެރިކޮށް، އާ ބަޔަކު ވަނީ ވައްދާފައެވެ. އާ ފުލުހުންތަކެއް، އެސްއޯއަށް ވެއްދީ ކުރު މުއްދަތެއްގެ ތަމްރީނުތަކަކަށް ފަހުއެވެ.

މުޒާހަރާތައް ރޫޅާލުމުގައި އުޅޭ އެސްއޯ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމް އެޅި ފުލުހުންނާ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް (އޭސީޕީ) ހަމްދޫން ރަޝީދު ދަނީ ގަވާއިދުން ބައްދަލު ކުރަމުންނެވެ. އަދި ފުލުހުން މިހާރު އަމަލު ކުރާ ގޮތާ މެދު ސުވާލެއް އޮތް ނަމަ، އެ ފުލުހަކު އިސްވެ، ސުވާލު ކުރުމަށް ފުލުހުންގެ އޮފިސަރުން ދަނީ އެދެމުންނެވެ.

މުހުތަބަރު މަސްދަރަކުން ރާއްޖެމްއެވީއަށް ކިޔައިދިން ގޮތުގައި ފުލުހުން މިހާރު އަމަލު ކުރާ ގޮތާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށާއި އެކަމާ މެދު ސުވާލު ކުރެވޭނީ "ޤިޔާމަތް ދުވަހު" ކަމަށް ވެސް ބައެއް އޮފިސަރުން ފުލުހުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
9 މާރޗް 2018 | ހުކުރު 09:07
ގާދިރު
ގިޔާމަތްދުވަހުންނޭކިޔާއަނގަހުޅުވަންކެރޭކަމޭ މަ ހިތހައްއަރާހާދަގޮތެއްނެތޭދޯ
7 މާރޗް 2018 | ބުދަ 06:16
Ali waseem
Adheeb ge meehun dho
7 މާރޗް 2018 | ބުދަ 04:43
އަޙްމަދު
ސުވާލު ކުރެވޭނީ ކައްވަޅުގައި ކަމަށް ވެސް ބައެއް އޮފިސަރުން ފުލުހުންނަށް ނަސޭހަތްތެރިވެފައި ވެއެވެ.؛ ބަލަ ކައްވަޅުގައި އަޒާބު މާޑުވާނޭ ދުނިޔެމަތީގައި ނުބައި ނުލަފާކޮން އުޅު އަދި ބިންމަތީގައި ފަސާދަ އުފައްދާފަ މަރުވީމާ