ކ. މާލެ
|
7 މާރޗް 2018 | ބުދަ 07:02
ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި، އެފޮރުވާފައިވާ ފޮށި
ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއި، އެފޮރުވާފައިވާ ފޮށި
ޕާކިސްތާން ޓުޑޭ
މަސްތުވާތަކެތި އެތެރެކުރުން
ރާއްޖެއަށް އެތެރެކުރަން އުޅުނު 20 ކިލޯގެ މަސްތުވާތަކެތި ޕާކިސްތާނުން އަތުލައިގެންފި
އެއަރޕޯޓުން 10 ކިލޯ އަތުލައިގަތް
އަނެއް 10 ކިލޯ ހޯދީ އެތަކެތި ގެންގުޅުނު ދެމަފިރިންގެ ގެއިން

ރާއްޖެއަށް އެތެރެކުރަން އުޅުނު 20 ކިލޯގެ މަސްތުވާތަކެތި ޕާކިސްތާނުން އަތުލައިގެންފިއެވެ.

މީގެ ތެރެއިން 10 ކިލޯ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ޕާކިސްތާނުގެ ދެމަފިރިއަކު ދުބާއީ މަގުން ރާއްޖެއަށް އައުމަށް ފުރަން ގޮސް ކަރާޗީގެ ޖިނާހް އިންޓަނޭޝަނަލް އެއަރޕޯޓްގައި ތިއްބައެވެ. ކަރާޗީއަށް ނިސްބަތްވާ މިދެމަފިރިން އަންގާރަ ދުވަހު ފުރަން ގޮސް ތިއްބައި ލަގެޖް ޗެކްކުރީ ބަންދުކޮށްފައި ހުރި ގޮތުން ޝައްކު ކުރެވިގެން ކަމަށް ކަސްޓަމްސްގެ ޕްރިވެންޓިވް ސްޓާފުންނާ ހަވާލާދީ ޕާކިސްތާނުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ދެ ފޮއްޓެއްގައި ފޮރުގައިގެން ގެންނަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10 ކިލޯ ހުރި ކަމަށް ވެއެވެ. އަދި އެދެމަފިރިން ކަރާޗީގައި ދިރިއުޅޭ ގެ ބަލާ ފާސްކުރިއިރު އިތުރު ދެ ދަބަހަކުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ފެނުނު ކަމަށް ޕާކިސްތާނުގެ ކަސްޓަމްސް އިން ބުނެއެވެ. ކޮންމެ ދަބަހަކުން ފަސް ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ވެއެވެ.

ޖުމްލަ 20 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު، މި ތަކެތީގެ މަގުމަތީ އަގު 1.8 މިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 28 މިލިއަން ދިވެހި ރުފިޔާ) އަށް އަރާ ކަމަށް ޕާކިސްތާނު ކަސްޓަމްސްއާ ހަވާލާދީ އެޤައުމުގެ މީޑިއާތައް ބުނެއެވެ.

މީގެ ކުރިން ވެސް ޕާކިސްތާނުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަނިކޮށް މާލެއިން ވެސް އަތުލައިގެންފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
7 މާރޗް 2018 | ބުދަ 07:13
ކަޅުދަބަސްތަ؟
ކަޅުދަބަސްތަ؟