ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 23:44
މަހުލޫފު މިރޭ މާލެ ގެނައިކަން ހާމަވާ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ
މަހުލޫފު މިރޭ މާލެ ގެނައިކަން ހާމަވާ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ
ޓްވިޓަރ
އަހުމަދު މަހުލޫފް
މަހުލޫފް މާލެ ގެނެސްފި، އާއިލާއަށް ގެނައި ކަމެއް ނޭނގެ!
މަހުލޫފު މާލެ ގެނެސް ޖިޕަކަށް އެރުވި މަންޒަރު ވަނީ ފެނިފައި
މަހުލޫފު ގެނައި ފުލުހުންގެ ލޯންޗު ކައިރިކޮށްފައިވަނީ ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދަށް
މަހުލޫފު މާލެ ގެނައިކަން ފުލުހުން ގާނޫނީ ވަކީލަށް ވެސް އަދި އާއިލާއަށް ވެސް އަންގާފައިނުވޭ

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މާލެ ގެނެސްފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްވީޓާގައި އަންނަނީ މަހުލޫފް މާލެ ގެނައިކަން ހާމަވާ ފޮޓޯއެއް ދައުރުވަމުންނެވެ. އެ ފޮޓޯގައިވާ ގޮތުން މަހުލޫފު ގެނައި ފުލުހުންގެ ލޯންޗު ކައިރިކޮށްފައިވަނީ ވިލިނގިލީ ފެރީ ޓާމިނަލް ސަރަހައްދަށެވެ. އެ މަންޒަރުދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހުގެ ރޭ 22:13 ހާއިރު މަހުލޫފު މާލެ ގެނެސް ޖިޕަކަށް އަރުވައިގެން ގޮސްފައިވާ ކަމަށެވެ. އެއީ ކޮންބަޔެއްގެ ޖިޕެއް ކަމެއް ރާއްޖެއެމްވީއަށް ކަށަވަރުވެފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މަހުލޫފުގެ ގާނޫނީ ވަކީލު ނާޒިމް ސައްތާރަށް ގުޅާލުމުން ބުނެފައިވަނީ މަހުލޫފު މާލެ ގެނައިކަން ފުލުހުން އަންގާފައިނުވާ ކަމަށާއި އަދި އެކަމުގެ މައުލޫމާތު ހޯދުމަށް މިހާތަނަށް ކުރި މަސައްކަތްވެސް ނާކާމިޔާބު ވެފައިވާ ކަމަށެވެ. މަހުލޫފުގެ އަނބިކަނބަލުން ނަޒުރާ ނަސީމް (ނަޒޫ) ކުރި ޓްވީޓެއްގައި ވަނީ މަހުލޫފު ހުންނެވިތަން ހޯއްދަވައިދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފުލުހުންގެ ފަރާތުން މިކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ރާއްޖެއެމްވީއަށް ވެސް ލިބިފައެއް ނުވެއެވެ.

މަހުލޫފު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގެ ތެރެއިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
7 މާރޗް 2018 | ބުދަ 04:34
ސާޒަން
ތިއީ ވަރަށްކައިރިން ބަލަންޖެހޭ ކަމެއް މީގެ ކުރިންވެސް ވަނީ މީހަކު ގެއްލިފާ އަދިވެސް ނުފެނޭ! ތިހާކުޑަގޮތަކަށް ތިކަންބަލައިގެން ތިބެވޭކަށް ނެތް
7 މާރޗް 2018 | ބުދަ 03:14
ކަނައްކަފޫޅު
!!!!ހިތްވަރުގަދަ މަހްލޫފް ސިއްރުސިއްރުން މާލެ ގެނައީ ޑީލެއް ހުށަހަޅަން