ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 23:16
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމް
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމް
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ޝަހީމަށް ފަރުވާ ދިނުމުގައި އަދިވެސް ފުލުހުން ފަރުވާ ކުޑަކުރަނީ: އާއިލާ
އެންމެ ފަހުން ބިޑި އަޅުވައިގެން މާލެ ގެނެވުނުއިރު ރަނގަޅަށް ނުހިނގޭ
ޝަހީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކޮނޑު ހުޅު ނެއްޓިފައިވޭ

ފުލުހުންގެ ބަންދުގައި ހުރި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމްގެ ކަކުލަށް ލިބުނު ގެއްލުމަށް ފަރުވާ ދިނުމަށް ކަކުލުގައި އަޅާ 'ގާޑެއް' އެޅުމަށް ފުލުހުން ދެކޮޅު ހަދާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.

އާއިލާއިން ބުނީ ޝަހީމުގެ ކަކުލުގައި 'ނީ ގާޑެއް' އެޅުމަށް ޑޮކްޓަރުން ސީދާ ބުނެފައިނުވާ ކަމަށާ، އެހެން ކަމުން ނީ ގާޑެއް އެޅުމަށް ޝަހީމަށް ފުރުޝަތު ނުދޭ  ކަމަށެވެ. ޝަހީމްގެ އާއިލާއިން ފާހަގަކުރާ ގޮތުގައި ޝަހީމް ފުލުހުން ހައްޔަރުކުރުމުގެ ކުރިން ރަނގަޅަށް ހިނގާކަމަށާއި، އެހެން ނަމަވެސް އެންމެ ފަހުން ބިޑި އަޅުވައިގެން މާލެ ގެނެވުނުއިރު ރަނގަޅަށް ނުހިނގެއެވެ.

ކުއްލި ނުރައްކަމުގެ ހާލަތުގެ ގަރާރުގެ ދަށުން ޝަހީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކޮނޑުހުޅު ނައްޓާލި ކަމަށާއި، އަދި އޭނާ ބިންމައްޗަށް ވައްޓާލުމުން ޝަހީމްގެ ކަކުލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އާއިލާއިންވަނީ ބުނެފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޝަހީމްގެ އަންހެނުން މިނާމް މުހައްމަދު ބުނީ ޝަހީމް ހައްޔަރުކުރުމުގެ ތެރޭގައި އޭނާގެ ކޮނޑު ހުޅު ނައްޓާލާފައިވާ ކަމަށާއި، އެހެން ނަމަވެސް ފުލުހުން އެކަމަށް ޝަހީމަށް ފަރުވާ ނުދިން ކަމަށެވެ. ކޮނޑުހުޅު ނައްޓައިގެން ދިއުމުން، އެޅުވީ ވެސް ޝަހީމް އަމިއްލަ އަށް ކަމަށް މިނާމް ބުންޏެވެ. ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ޝަހީމް އާޓިފިޝަލް ބީޗް ތެރެއަށް ވައްޓާލި ގޮތުން ބިން މަތީގައި ޖެހުނީ އޭނާގެ ވާތު ފައިގެ ކަކޫ ކަމަށާއި އެ ކަކުލަކީ ކުރިން އޮޕަރޭޝަނެއް ކޮށްފައި ހުރި ކަކުލަކަށް ވުމުން ބިންމަތީގައި ޖެހުނު ގޮތުން ދުޅަވެފައިވާ ކަމަށް ވެސް މިނާމް ބުންޏެއެވެ. ނަމަވެސް އެކަމަށް ވެސް ފަރުވާއެއް ދީފައި ނެތް ކަމަށް އޭނާ ބުންޏެވެ.

ޝަހީމް ހައްޔަރުކުރުމަށް ފަހު، ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ދޫނިދޫން ގުޅައި، ޝަހީމްގެ މެޑިކަލް ރިޕޯޓްތައް ގެނެސްދިނުމަށް އެދެމުން އެކަން ކޮށްފައިވާނެ ކަމަށާއި އެހެން ނަމަވެސް މާލެ ގެނެސް ކަށީގެ ޑޮކްޓަރަކަށް ދެއްކުމުގެ ބަދަލުގައި ދޫނިދޫގައި ހުންނަ ޑޮކްޓަރަށް ދެއްކުމަށް ފަހު ފަރުވާއަކަށް ދީފައިވަނީ ތަދު ކަނޑުވާ ބޭސް ކަމަށް މިނާމް ފާހަގަކުރިއެވެ.

ޝަހީމްގެ ކަކުލުގެ މައްސަލަ ހުރުމުން އޮޕަރޭޝަން ކުރަންޖެހޭކަން އޭނާގެ މެޑިކަލް ރިޕޯޓްތަކުން ސާފުވާނެ ކަމަށާއި، ޝަހީމާއި ހަވާލުކުރުމަށް ކަކުލުހުޅުގައި އަޅުވާ ގާޑެއްވެސް ފުލުހުންނާ ހާވާލުކުރުމުން އެ ވެސް ހަވާލު ނުކުރާ ކަމަށް މިނާމް ބުންޏެވެ.

އެހެންވެ، އިންސާނިއްޔަތާ ހިލާފު މި އަމަލުތައް ބަލައި ދިނުމަށް އެޗްއާރުސީއެމްއަށް ހުށަހަޅާފައިވާ ކަމަށް ވެސް މިނާމް ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް