ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 23:01
ފަލަސުރުހީ ޕްރޮގްރާމުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު
ފަލަސުރުހީ ޕްރޮގްރާމުގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު
ފަލަސުރުހީ
ދޫނިދޫ ޖަލު ގޮޅިތަކުން ވެސް އިވެނީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާއަޑު: އަބްދުލް ލަތީފު
ރައީސް ޔާމީން ދަނީ ދޮގާ މަކަރާއި އޮޅުވާލުމުގެ ތެރެއިން މަސައްކަތް ކުރަމުން
ރައީސް ޔާމީން ވަނީ ގާނޫނު އަސާސީގެ ދޮރުން ބޭރުވެފައި
ވެރިކަން ހަވާލު ކުރީ ގާނޫނުއަސާސީއާއި އެކު ވެރިކަން ކުރަން

ދޫނިދޫ ޖަލު ގޮޅިތަކުން ވެސް އިވެނީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާއަޑު ކަމަށާއި މިއަދު ފެނިގެންދަނީ ރައީސް ޔާމީން ފެއިލް ވަމުންދާ މަންޒަރު ކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވި އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، އަބްދުލް ލަތީފު ވިދާޅުވީ، ސަރުކާރުން އިންތިހާއަށް އަނިޔާވެރިވެފައިވާ ކަމަށާއި މިއީ ވަކި ރައީސް ޔާމީނަށް ބޮޑުބައި ލިބިވަޑައިގަންނަވާނެ ގައުމެއް ނޫން ކަމަށެވެ. މިގައުމު ނިސްބަތްވަނީ ހުރިހާ ރައްޔިތުންނަށް ކަމަށާއި އެކަން ބަދަލު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުއްލަތީފު ވިދާޅުވީ، ސަރުކާރުން އިންސާނިއްޔަތާއި ހިލާފު އަމަލުތައްކޮށް ސިޔާސީ ފަރާތްތައް ފްރޭމް ކުރެވިގެންދާ އިރު ޖަލުގައި ތިބޭ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާދިނުމަށް ވެސް އިންކާރު ކުރަމުންދާ ކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ

 އަބްދުލް ލަތީފު ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ބޭނުންފުޅުވާ ބޭސްފަރުވާގެ އެހީތެރިކަން ދޭން ޖެހޭނެ ކަމަށެވެ. ބޭސްފަރުވާ ދިނުމުގައި އެއްވެސް ފަރާތަކަށް ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނަކީ ސާފު ސީދާ މީހެއް.  އަދީބު ގޯޅި އަޅުވައި، ކުރަންޖެހުނު ކަންކަންވެސް ކުރީ ރައީސް ޔާމީންގެ ސަބަބުން. އެހެން ކަމުން އަހުމަދު އަދީބު ދޫކޮށްލުމަށް ސުޕްރީމް ކޯޓުގެ އަމުރުގައި އޮތުމުން އެއަށް އަމަލު ނުރުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން." ލަތީފު ވިދާޅުވިއެވެ

ސަރުކާރުން ދައުލަތުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާ މެދު އަނިޔާވެރިކޮށް އަމަލު ކުރެއްވި ކަމަށާއި އެއަށް ފަހުގައި ހަމައެއް ލަމައެއް ނެތި، ފުރާޅުގެ ޓިނުނަގައިގެން، ވާ ޖަހައިދަމާ ދޫނިދޫއަށް ހުރިހާ ފަރާތްތަކެއް ގެންދަމުންދާ ކަމަށް ލަތީފު ވިދާޅުވި އެވެ.

ރައީސް ޔާމީން ދޮގާ މަކަރާއި އޮޅުވާލުމުގެ ތެރެއިން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގައުމު ފަސާދަ ބޮޑުވަމުންދާ އިރު މިކަމުގެ އަސަރު މިއަދަށް ވުރެ މާދަމާ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލަތީފު ވިދާޅުވީ، ފުލުހުން ތެރޭގައި ދުވާލަކު ތިން ހަތަރު ކުދިން ހައްޔަރު ކުރަމުންދާ އަޑު އިވެމުންދާ ކަމަށާއި ސިފައިންގެ ތެރެއިން ވެސް ކުދިންތައް ހައްޔަރު ކުރާ އަޑުތައް އިތުރުވެފައިވާ ކަމަށެވެ. މިގޮތަށް ދައުލަތް ހިންގުމަށް ރައްޔިތުން ރައީސް ޔާމީނާއި ހަވާލު ނުކުރާ ކަމަށާއި އެމަނިކުފާނާއި ވެރިކަން ހަވާލު ކޮށްފައިވަނީ ގާނޫނު އަސާސީއާއި އެތްގޮތްވާ ގޮތުގެ މަތިން ވެރިކަން ކުރުމަށް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ ދޮރުން ބޭރުވެއްޖެ ނަމަވެސް އަނބުރާ ނުވަދެވޭނެ ކަމަށާއި އެމަނިކުފާނު މިހާރު އެދޮރުން ނިކުމެވައިޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ގާނޫނު އަސާސީން ރައީސް ޔާމީން ނިކުމެވަޑައިގަތުމަށް ފަހު އެބުރި ވަދެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވި ނަމަވެސް މިހާރު އެ ދޮރު ހުރީ ބަންދުވެފައިވާ ކަމަށް ލަތީފު ވިދާޅުވި އެވެ.

" ކަމެއް ގޯސްކޮށް ކުރުމަށް ނުބައިކަމެއް ކުރުމަށް މަގާމެއްދޭނަމޭ އެކަން ކުރަން. އިލެކްޝަންސް ކޮމިޝަނަކީ ވަރަށް މުހިއްމު ރޯލެއް އަދާ ކުރަންޖެހޭ ބައެއް. އެތަނުގެ ވެރިއަކަށް ވެސް އަންނަންވާނީ އިހްލާސްތެރި ގާބިލް ތެދުވެރި އަމާނާތްތެރި އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މީހެއް." ލަތީފު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް