ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 22:34
ކާށިދޫ
ކާށިދޫ
ގޫގުލް
މީހަކު ގެއްލިގެން ހޯދަނީ
ކާށިދޫ އިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފި
ހެނދުނު ގެއިން ދިޔަ ގޮތަކަށް އަނބުރާ ނާދޭ
އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުން

ކ. ކާށިދޫ އިން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 63 އަހަރުގެ ފިރިހެނަކު ގެއްލިގެން އެ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާ ގެއްލިގެން ފުލުހުންނަށް މިއަދު ހަވީރު 4:40 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން ގެއްލިގެން ހޯދަމުންދަނީ އާދަމް ދާއޫދޫ ނަމަކަށް ކިޔާ މީހެކެވެ.

އެ ރަށުން މައުލޫމާތުދިން މީހަކު ބުނީ އެ މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި އޭނާ ގެއިން މިއަދު ހެނދުނު 9 ޖެހިއިރު ނިކުމެގެންދިޔަ ގޮތަށް އަނބުރާ ގެއަށް ނާންނަ ކަމަށެވެ.

އޭނާ ގެއިން ނިކުމެގެންދިޔައީ ކޮންމެ ބޭނުމެއްގައި ކަމެއް ނުވަތަ ކިހިނެއްވެގެން ކަމެއް ސާފުނުވާ ކަމަށްވެސް އެ މީހާ ބުންޏެވެ. އަދި އެ ރަށު ރައްޔިތުންނާއި ފުލުހުން ގުޅިގެން އެމީހާ ހޯދުމަށްޓަކައި އެ ރަށު ވަލުތެރެ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް