ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 22:09
ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީމް (މ)
ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީމް (މ)
ރާއްޖެ އެމްވީ
ފެނަކަ ކޯޕަރޭޝަން
ފެނަކަ ހިންގުން އެމްޕީއެލްގެ ސީއީއޯ ހަލީމާ ހަވާލުކޮށްފި
އެގޮތަށް ނިންމާފައިވަނީ ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި
ހަލީމާ، ފެނަކަ ހިންގުން ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވަންދެން
ހަލީމަކީ މިގެކުރިން އެމްޓީސީސީގެ ސީއީއޯކަމާއި، އެމްއާރުޑީސީގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް

ފެނަކަ ކޯޕަރޭޝަން ހިންގުން ވަގުތީ ގޮތުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާޤް ހަލީމާ ހަވާލުކޮށްފި އެވެ. 

 

ފެނަކަ ކޯޕަރޭޝަން ހިންގުން އެމްޕީއެލްގެ ސީއީއޯ ހަލީމާއި ހަވާލުކޮށްފައިވަނީ، ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި ރައީސް ޔާމީންގެ ޕީޕަލްސް އެލަޔަންސްގެ ސެކެރަޓަރީ ޖެނެރަލް އަހުމަދު ޝަރީފް އާދަމް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރުމާއި ގުޅިގެންނެވެ. 

 

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފެނަކަ ހިންގުން އެމްޕީއެލްގެ ސީއީއޯ އާއި ހަވާލުކުރުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު (މިއަދު) ބޭއްވި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގަ އެވެ. ހަލީމާ، ފެނަކަ ހިންގުން ހަވާލުކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ބޭފުޅަކު އައްޔަނުކުރައްވަންދެންނެވެ. 

 

ހަލީމަކީ މިގެކުރިން އެމްޓީސީސީގެ ސީއީއޯކަމާއި، އެމްއާރުޑީސީގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް