ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 21:41
މަރުވި ބިދޭސީ މީހާ މިއަދު ހަވީރު ފުލުހުންނާއި ސިފައިން ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރަނީ
މަރުވި ބިދޭސީ މީހާ މިއަދު ހަވީރު ފުލުހުންނާއި ސިފައިން ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރަނީ
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހޭނެތުނު ބިދޭސީ މިހާ މަރުވެއްޖެ
މަރުވީ ބިދޭސީ ފިރިހެނެއް
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 15:39 ހާއިރު
ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުން

މ. ސިތާރާ ގޭގެގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހޭނުތުނު މީހާ މަރުވެއްޖެއެވެ.

އޭނާ މަރުވެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އޭނާ މަރުވިކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އަދި މިވަގުތު އެ ބިދޭސީ މީހާއާ ބެހޭ އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި ހާދިސާ ހިނގި ވަގުތު އެމީހާ އޮތީ އެ ގޭގެ ދެވަނަ ފަންގިފިލާގައި ވެއްޓިފައެވެ.

އެ ގޭގައި އަލިފާން ރޯވިކަމުގެ މައުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު ހަވީރު 15:39 ހާއިރުއެވެ. އަދި އެމްއެންޑީއެފް މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ މަނުން ކުރި މަސައްކަތުން މި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވަނީ މިއަދު ހަވީރު 16:51 ހާއިރުއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި އެ ގެޔަކީ ބިދޭސީންގެ ބަޔަކު ދިރިއުޅޭ ގެއެކެވެ. އެ ގޭގައި އަލިފާން ރޯވެފައިވަނީ ގޭގެ ތިރީގައި ހުރި ބަދިގެއެއްގައި ރޯވެގެން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

ފުލުހުން އަންނަނީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
6 މާރޗް 2018 | އަންގާރަ 19:09
މޭން
hun aisgen IGMH ah dhaa meehaa ah ves vaa varu thee.