ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 17:22
ސަމީރު ޕްރެސް ދެއްވަނީ
ސަމީރު ޕްރެސް ދެއްވަނީ
އަހުމަދު މުހުސިނު
ޖުމްހޫރީ ޕާޓީ
ޤާސިމާ ދިމާކުރަނީ ވެރިކަން ވެއްޓެމުން ދާތީ: ސަމީރު
އެއީ ރައީސް ޔާމީން ވިދާޅުވެގެން ކުރައްވާ ކަންތައްތަކެއް
އެބޭފުޅުންވެސް ތިބީ އަންނަން ބޭނުންވެފައި
ވެރިކަން ސަލާމަތް ކުރަން ނޫޅެ އެމަޤާމް ތަކުގައި ނުތިބެވޭނެތީ އެކަން ކުރަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމާ ބެހޭގޮތުން އަބުރު ގެއްލިފައިވާ ބަޔަކު ކޮންމެ ދުވަހަކު ވެސް ޕްރެސް ކޮންފަރެންސްތަކެއްގައި ނޭދެވޭ ވާހަކަތަކެއް ދައްކަމުން ދަނީ ސަރުކާރު ވެއްޓެމުންދާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މ ކުނޫޒްގައި ޖޭޕީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސަމީރު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ފަސާދައިގެ ބައެއް މަސައްކަތްތައް ކުރައްވަމުން ގެންދަވާ ބައެއް ބޭފުޅުން ކޮންމެ ދުވަހަކު ދެއްވާ ޕްރެސްގައި ޤާސިމާ ދޭތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފައްދައި، ނޭދެވޭ ވާހަކަތައް ދައްކަވައި މީހުންގެ ހިތްތަކުގައި ޤާސިމާމެދު ނަފްރަތު އުފެއްދުމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ.

ސަމީރު ވިދާޅުވީ އެވާހަކަ ދައްކަވާ ބައެއް ބޭފުޅުންނަކީ ރކ ކޮމެޓީއަށް ކުރިމަތިލައިގެންވެސް އެންމެ 19 ވޯޓުން ފެއިލްވެ، ރައީސް މައުމޫންގެ ފޮޓޯފުޅު މޭގައި ޖަހައިގެން ޤާސިމްގެ ދީލަތި އެހީއާއެކު މަޖިލީހަށް ވަދެވުނު އަދި ކުއްލި މުއްސަނދިކަމެއް އެއްވެސް ސަބަބަކާ ނުލައި ލިބިފައިވާ ބައެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ނާކާމިޔާބު މަސައްކަތްތަކެއް ކަމަށް ސަމީރު ވިދާޅުވިއެވެ.

"ވެރިކަން ވެއްޓެމުންދާތީ އަދި ވެރިކަމުގެ ސާނާ ސައުކަތުގެ އެއްވެސް އާރެއް ބާރެއް ނެތް ހާލަތަކަށް އަދި ރައްޔިތުން އެކަމާ ނުރުހި ދެކޮޅަށް ނިކުމެ ރައްޔިތުން ޤާނޫނީ އިމުގެ ތެރެއިން ޢަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގައި މިބޭބޭފުޅުން ކޮނޑު ވިއްދައިގެން ތިއްބަވެސް ވެއްޓެމުންދާ މަންޒަރު ފެނުނީމާ އެކަމާ ވަރަށް ބޮޑަށް އުނދަގޫފުޅުވެގެން ބައެއް ކަންކަން ކުރަމުންދާތަން މި ފެންނަނީ" ސަމީރު ވިދާޅުވިއެވެ.

ސަމީރު ވިދާޅުވީ އެބޭބޭފުޅުންނަކީ އިންތިޚާބަކާ ނުލައި ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ލިބިފައިވާ ފަރާތްތައް ކަމަށާއި އެބޭފުޅުންނަށް އެހިސާބުގައި އެތިބެވެނީ ވެރިކަން ވެއްޓެން ދާއިރުގައި ކޮނޑުވިއްދައިގެން ވެރިކަން ސަލާމަތްކުރަން އުޅޭތީ ކަމަށެވެ.

އަދި އެބޭފުޅުންނަކީ މިހާރުވެސް އަންނަން ބޭނުންވެފައިވާ ބޭފުޅުން ކަމަށާއި އެހެން ނަމަވެސް ކުރެވިފައިވާ ބައެއް ކަންކަމުގެ ސަބުން އާދެވެން ނެތީ ކަމަށް ސަމީރު ވިދާޅުވިއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް